ޖިންސީ ގޯނާ

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަނީ

Mar 19, 2020
3

އުތުރު ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހަވީރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. -- އަޕަ ނޯތު ޑިވިޝަންގައި ހިމެނެނީ ހއ. އަތޮޅު، ހދ. އަތޮޅު، އަދި ށ. އަތޮޅުގެ ރަށްތަކެވެ. --

މި މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި އުމުރުން ވަރަށް ޅަ ކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.