ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވިލިމާލެ މީހާއާއެކު އިތުރު ބަޔަކު ވެސް ނެގެޓިވް

Mar 19, 2020
2

ސައުތު ކޮރެއާއިން އައި ފަހުން ކޮވިޑް-19އަށް ޝައްކުވާ އަލާމާތްތަކެއް ފެނިގެން އެކަހެރިކޮށް ޓެސްޓްކުރި މީހާ ކޮވިޑް-19 އަށް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އޭނާ ކަރަންޓީނަށް ދިޔުމަށް ދެކޮޅު ހެދި އެވެ. އެހެންވެ، އޭނާ ފަރުކޮޅުފުއްޓަށް ގެންދިޔައީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. އޭނާއާމެދު އަމަލު ކުރާނެ ގޮތެއް އަދި ނުބުނެ އެވެ. ފުލުހުން ވަނީ އެފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގު ކުރާނެ ކަމަށް ބުނެ އެވެ. އެޗްޕީއޭއިން ވެސް ވަނީ އެންގުންތަކާ ހިލާފުވާ މީހުން ޖޫރިމަނާ ކުރާނެ ކަމަށް ބުނެފަ އެވެ.

މީގެއިތުރުން އައްޑޫ ސިޓީ، ހިތަދޫގައި އެކަހެރިކުރި ކުޑަ ކުއްޖާ އާއި ރ. ފައިނު، ޅ. ހިންނަވަރު، އަދި މާލޭގައި އެކަހެރިކުރި މީހުންގެ ނަތީޖާ ވެސް ނެގެޓިވްވެފައިވާ ކަމަށް ސަރުކާރުން މިއަދު ހާމަކުރި އެވެ. މީގެތެރެއިން ހިތަދޫއިން އެކަހެރި ކުއްޖާއަކީ އިންޑިއާއިން އެނބުރި އައި ކުއްޖެކެވެ. އެ ކުއްޖާ ޓެސްޓްކުރީ ރޮގާ ހުރުމުންނެވެ. ދެން ތިބި މީހުންނަކީ ވެސް ރާއްޖެއިން ބޭރުން ދަތުރުކޮށްފައި އައިއިރު ހުމުގެ އަސަރު ހުރުމުން ޓެސްޓްކުރި މީހުންނެވެ.

ސަރުކާރުން މިހާރު ވަނީ ރާއްޖެއިން ބޭރުން އަންނަ ކޮންމެ ދިވެއްސަކު ވެސް 14 ދުވަހު ގޭގައި މަޑު ކުރުމަށް އަންގާފަ އެވެ.

މިހާރު ސަރުކާރުން އަމަލު ކުރަމުންދާ އުސޫލަކީ ކިރިޔާ ވެސް ޝައްކެއްވާނަމަ އެމީހެއްގެ ސާމްޕަލް ނެގުމެވެ. އެގޮތުގެ މަތިން ގިނަ ބައެއްގެ ސާމްޕަލްތައް ދަނީ ނަގަމުންނެވެ. މިހާތަނަށް 517 ސާމްޕަލް ނަގާފައިވާއިރު ނަތީޖާ ނުލިބި އޮތީ 15 ސާމްޕަލެއްގެ އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހަކު ހިމެނެ އެވެ. ރާއްޖޭގައި ކޮވިޑް-19 ފެނިފައިވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.