ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޔުނިވާސަލް އެންޓަޕްރައިސެސް

ޔުނިވާސަލް މުވައްޒިފުންނަށް މުސާރައާއެކު ތިން މަހުގެ ޗުއްޓީ

ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓްތައް ވަގުތީގޮތުން ބަންދުކޮށް، މުވައްޒިފުންނަށް ހާއްސަ ޕެކޭޖަކާއެކު މުސާރަ ލިބޭގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ.

ކޮވިޑް19އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ބޮޑު ގެއްލުމެއްވާނެ ކަމަށް ވަނީ ބެލެވިފައެވެ. އަދި ރާއްޖެފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް ލިބޭނެ ގެއްލުން ވަރަށް ބޮޑުވާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޔުނިވާސަލް އެންޓަޕްރައިސަސްއިން މިއަދު ބުނީ ދުނިޔެއަށް ދިމާވަމުންދާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ ދިވެހި އެއް ކުންފުންޏަށް އެ ކުންފުނިވާނެ ކަމަށާ ނަމަވެސް އެ ކުންފުނިން މަސައްކަތް ކުރަމުންދަނީ އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކިނުކޮށް އަދި ކުންފުނީގެ ހިންގުންވެސް މުޅިން ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ކަމަށެވެ. -ޔުނިވާސަލް އެންޓަޕްރައިސަސްގައި 3200 ވުރެ މުވައްޒިފުން މަސައްކަތް ކުރެއެވެ.-

މިވަގުތު ދުނިޔޭގެ ދަތުރުފަތުރު ހުއްޓިފައިވާތީ ކުރިއަށް އޮތް މަސްތަކަށް އެއްވެސް ބުކިންއެއް ނެތުމުން އޭޕްރީލް މަހުން ފެށިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓެއްގެ ހިންގުން ތިން މަސްދުވަހަށް ހުއްޓާލަން ނިންމާފައިވާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި މުވައްޒިފުންނަށް ހާއްސަ ޕެކޭޖަކާއެކު މުސާރަ ލިބޭގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށް ވަނީ ބުނެފައެވެ.

"މި ނިންމުން ކޮންމެ މަހަކު އެއް ފަަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަވުމަކީ މި ކުންފުނީގެ އުންމީދު. އަދި ކުރިއަށް އޮތް ރޯދަމަހުގެ އިނާޔަތާއި މި ހިނގާ މާޗް މަހުގެ މުސާރައާއި ސާވިސްޗާޖް އެެއްވެސް އުނިކުރުމެއްނެތި ހުރިހާ މުވައްޒިފުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ދެވޭނެ." ޔުނިވާސަލްގެ ބަޔާނުގައިވެއެވެ.

ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓްތައް ވަގުތީގޮތުން ބަންދުކޮށް، މުވައްޒިފުންނަށް ހާއްސަ ޕެކޭޖަކާއެކު މުސާރަ ލިބޭގޮތަށް ތިން މަސްދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާއިރު، ކޮވިޑް19 އިން ރައްކާތެރިވުމަށް މީހުން އުޅޭ ތަންތަނަށް ނުދިއުމަށާ ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިރުޝާދު ދެމުންނެވެ. އެކަމާ ގުޅިގެން ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭނެ ގޮތްތައް ސަރުކާރާ، އަމިއްލަ ކުންފުނިތަކުން ދަނީ ހޯދަމުންނެވެ.

ސަރުކާރުން ވަނީ ހުރިހާ ސުކޫލްތައް ބަންދުކޮށް، ސަރުކާރުގެ އޮފީސްތައްވެސް މިވަގުތު ބަންދުކޮށް މުވައްޒިފުންނަށް ޗުއްޓީ ދީފައެވެ.