ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެސްޓީއޯ

އެސްޓީއޯއިން ތެލުގެ އަގު ހެޔޮކުރަނީ

އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމައިިފި އެވެ.

ސަރުކާރުން މިއަދު ވަނީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

ސަރުކާރުން ތައާރަފު ކުރި "2.5 ބިލިއަން ރުފިޔާގެ އިގްތިސާދީ އެހީ" ޕެކޭޖާ ބެހޭ ގޮތުން ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކުރަން ނިންމާފައިވާ ކަމަށެވެ.

އެކަމުގެ ތަފްސީލެއް މިނިސްޓަރު ނުދެއްވައެވެ. ވިދާޅުވީ އެ މައުލޫމާތު ވަރަށް އަވަހަށް އެސްޓީއޯއިން ހާމަކުރާނެ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީ އަދި މަރުކަޒީ ބޭންކް ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގުތިސޯދަށް ކުރަންމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރަން ސަރުކާރުން 2.5 ބިލިއަން ރުފިޔާގެ ރިކަވަރީ ޕެކޭޖެއް ތައާރަފްކޮށްފައިވާކަން ހާމަކޮށްފައެވެ.

އަމީރު ވިދާޅުވީ ސަރުކާރުން އެކުލަވާލައި އިއުލާންކޮށްފައިވާ ޕެކޭޖަކީ މިވަގުތު ރާއްޖޭގެ އިގުތިސާދަށް ދިމާވެފައިވާ އުނދަގޫތައް ހައްލުކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށެވެ.

"ސަރުކާރުން ޖުމްލަ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ތައާރަފު ކުރުމަށް ވަނީ ނިންމާފައި. އޭގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ވިޔަފާރިތަކަށް ވޯކިން ކެޕިޓަލްގެ ގޮތުގައި ވޯކިން ކެޕިޓަލް ހޯދޭނެ ފެސިލިޓީތަކެއް ބައެއް ބޭންކުތައް މެދުވެރިކޮށް ފޯރުކޮށްދިނުން. މިއީ ޖުމްލަ ދެ ބިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރެވޭނެ ޕެކޭޖެއް،" މިނިސްޓަރު ވިދާޅުވި އެވެ.