ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ހޮސްޕިޓަލަށްދާ މީހުން ހުން ހުރިތޯ ބަލަނީ

ސަރުކާރުގެ މައި ހޮސްޕިޓަލް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަދި ދަރުމަވަންތަ ހޮސްޕިޓަލައް ވަންނަ މީހުން ހުމާއި ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފަށައިފި އެވެ.

އެ ދެ ހޮސްޕިޓަލަށް ވަންނަ މީހުން ހުމާ ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފަށާފައިވަނީ މިއަދު އެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ އެ ދެ ހޮސްޕިޓަލަށް ވަންނަ މީހުން ހުމާ ރޯގާ ހުރިތޯ ބެލުމަށް ސްކްރީން ކުރަން ފެށީ ކޮވިޑް19 އާގުޅިގެން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތަކެއް އެޅުމައްޓަކައި ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ބަޔަކު ރާއްޖޭން ވެސް ފެނިފައިވާއިރު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗަށް ވަދެ ނުކުތުމަށް ބޭނުންކުރާ ދޮރުތަކަށްވެސް ވަނީ ބަދަލުގެނެސްފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، އައިޖީއެމްއެޗުން މީގެ ކުރިން ވަނީ އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބޭ ބަލި މީހުންނަށް ޒިޔާރާތް ނުކުރެވޭ ގޮތަށް ހަދާފަ އެވެ.

އަދި ކޮންމެހެން ހޮސްޕިޓަލަށް ދާން ނުޖެހޭނަމަ، މި ދުވަސްވަރު ހޮސްޕިޓަލަށް ޒިޔާރާތް ނުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

އެއީ އަންނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަކަށް އިއުލާންކޮށްފަ އެވެ.