ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިޓަލީ މިއަދު: ހަބަރުތައް ކުރުކޮށް

Mar 20, 2020
4

އިޓަލީގެ ކޯމޯގަ 2 ޑޮކްޓަރުން މިއަދު މަރުވި

އިޓަލީގެ ސިޓީއެއް ކަމައްވާ ކޯމޯގަ މިއަދު ދެ ޑޮކްޓަރުން ވަނީ މަރުވެފައެވެ. މިއަދު މަރުވެފައިވަނީ ނިއުމޮލޮޖިސްޓެއް ކަމައްވާ ޖިސެއްޕީ ލަނާޓީއާއި ފެމެލީ ޑޮކްޓަރެއް ކަމައްވާ ލޫގީ ފްރެސެންޓޭއެވެ. މި ދެ ޑޮކްޓަރުންނަކީ ވެސް ރިޓަޔަމަންޓަގައި ހުރުމައްފަހު އިޓަލީއަށް ކުރިމަތިވި މި ކުއްލި ހާލަތުގައި އެހީވެ ދިނުމަށް ނުކުތް ދެ ޑޮކްޓަރުންނެވެ.
މި އަދަދާއި އެކު ކޮވިޑް 19 އަށް ޕޮސިޓީވް ވެގެން މަރުވި އިޓަލީ ގެ ޑޮކްޓަރުންގެ އަދަދު 13 އަށް އެރީއެވެ.

ބަރްގާމޯ ހޮސްޕިޓަލް ނާޒުކު ފަތަރެއްގައި

ކޮވިޑް 19 އެންމެ ބޮޑަށް ފެތުރިފައިވާ އިޓަލީގެ ލަންބޯޑީ ސަރަހަދުގެ ސިޓީ އެއްކަމައްވާ ބަރްގާމޯ ހޮސްޕިޓާ ވަނީ ވަރަށް ނާޒުކު ފައްތެއްރެއްގައި ކަމައް އެ ހޮސްޕިޓަލުގެ މެޑިކަލް ޗީފް ސްޓެފާނޯ ފެގާއުލީ ވިދާޅުވެއްޖެއެވެ. ސްޓެފާނޯ ވިދާޅުވި ގޮތުގައި އެ ހޮސްޕިޓަލަށް ކޮވިޑް 19 އާއި ގުޅިގެން އަންނަ ބަލިމީހުނަށް ފަރުވާ ކުރުމަށް އެކަށީގެންވާ ސިއްހީ ހިދުމަތްތެރިންނާއި އެކަމައް ބޭނުންވާ ސާމާނު އިންތިހާއަށް ބޭނުންވާ ކަމަށެވެ.

"އަހަރަމެން ބޭނުން ޑޮކްޓަރުންނާއި ނަރުހުންނާއި ވެންޓިލޭޝަން ސާމަނު އަދި އަހަރަމެންގެ އަމިއްލަ ރައްކާތެރި ކަމަށް ބޭނުންވާ އާލަތްތައްވެސް،" ސްޓެފާނޯ އިތުރައް ތަފްސީލް ކޮއްދެއްވިއެވެ. އަދި އެނާ ވަނީ އެނާގެ އިލްތިމާސް އިގިރޭސި ބަހުން އެހެން ގައުމުތަކަށް ވެސް ފޮނުވާފައެވެ.

މަރުވާ މީހުން ބަރްގާމޯއިން ނެރެދިނުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި

ކޮވިޑް 19 އެންމެ ބޮދަށް ފެތުރިފައިވާ ބަރްގާމޯ ސިޓީން މަރުވެފައިވާ މީހުންގެ ސަންދޯއްތައް ނެރެ ލަންބޯޑާ ސަރަހައްދުން ބޭރުކުރުމުގެ މަސައްކަތް އިޓަލީގެ ސިފައިން ފަށައިފިއެވެ. ބަރްގާމޯގެ ހާލަތު އޮތް ގޮތުން ޖަނާޒާގެ ކަންކަން ހިންގުމަށް އެރަށުގެ އާންމުނަށް އަދި ކަމާ ބެހޭ ފަރާތްތަކަށް ވަނީ ނުކުޅެދިފައެވެ. އެގޮތުން މިދިޔަ ބުދަ ދުވަހު އަސްކަރީ އުޅަންދުތަކުގައި ބަރްގާމޯގެ ސަހަރައިން ވަނީ 60 ސަންދޯއް އެހެން ހިސާބުތަކަށް ގެންގޮސްފައެވެ. އަދި ޖަނާޒާގެ ކަންކަން އެހިސާބުތަކުގައި ކުރިޔަށް ގެންދިއުމަށް އެ އާއިލަތަކަށް ވަނީ އަންގާފައެވެ.

އިޓަލީގެ ހަބަރުފަތަުރާ ފަރާތަތަކުން ބުނާގޮތުން ސަހަރާގައި ސަންދޯތައް ބަރި ބަރިޔަށް ހުރި މަންޒަރު ދަނީ ފެންނަމުންނެވެ.

ކޮވިޑްއަށް ފޮސިޓިވްވި އުމުރުން 22 ދުވަސްވީ ކުއްޖާ ރަނގަޅުވެއްޖެ

ކޮވިޑް 19 އަށް ޕޮސިޓިވް، އުމުރުން 22 ދުވަސްވީ ތުއްތު ކުއްޖާ ފަރުވާއަށް ފަހު ރަގަނޅުވެގެން މިދިޔަ ބުދަ ދުވަހު ބަރްގާމޯގެ ހޮސްޕިޓަލުން ދޫކޮއްލައިފިއެވެ. ރެކޯޑް ކުރެވިފައިވާ ގޮތުން އުމުރުން 22 ދުވަސްވީ މި ތުއްތު ކުއްޖާއަކީ ކޮވިޑް 19 އަށް ޕޮސިޓިވްވި އިޓަލީގެ އެންމެ ފުރަތަމަ ތުއްތުކުޖާއެވެ.

އުމުރުން 22 ދުވަސްވީ މި ތުއްތު ކުއްޖާ އެޑްމިޓްކުރީ ތިނެއް މާޗްގައެވެ. މި ތުއްތުކުޖާގެ ބެލެނިވެރިންވެސް ވަނީ ކޮވިޑް 19 އަށް ޓެސްޓު ކުރެވިފައެވެ. އެގޮތުން މަންމަ ވަނީ ފޮސިޓިވްވެފައެއެވެ. އަދި ބައްޕަ ވަނީ ކޮވިޑް 19 އަށް ނެގެޓިވް ވެފައެވެ.