ވީޑިއޯ

ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް އެދި ކިޔާ ޤުނޫތު

Mar 20, 2020

ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަޑުން މިވަނީ ކޮރޯނާ ވައިރަހުން ސަލާމަތްވުމަށް އެދި ކުރާ ގުނޫތެވެ.

މި ދުއާގައި ކުއްލި ވަބާއާއި އެންމެހާ ކޯފާއިން ދުރުކުރެއްވުމަށް އެދި ދަންނަވަ އެވެ. ބަރަސްބައްޔާއި މޮޔަވުމާއި ޖުޒާމްބައްޔާއި އެންމެހާ ނުބައި ބަލިތަކުން އަޅަމެން ރައްކާތެރިކުރުމަށް ވެސް ދުއާ ކުރެ އެވެ. ހަމައެހެން ނުރައްކާތެރި މުޞީބާތްތަކާއި އަބާއްޖަވެރިކަމާއި ނުބައިވެގެންވާ ނިމުމާއި ދުޝްމަނުންގެ މަލާމާތުން އަޅަމެން ރައްކާތެރިކުރެއްވުމަށް ވެސް ދަންްނަވަ އެވެ.

މި ދުއާގައި އަޅަމެންނާއި އަޅަމެންގެ ޤައުމު ނުރައްކާތެރި ވައިރަސްތަކުން ސަލާމަތްކުރެއްވުމަށް ﷲގެ ހަސްރަތުގައި ދަންނަވަ އެވެ. އަދި ނުރައްކާތެރި ބަލިތަކުން އަޅަމެން އެންމެން ސަލާމަތް ކުރެއްވުމަށް ވެސް އެދެ އެވެ. ކޮރޯނާ ވައިރަސްގެ ނުރައްކަލުން އަޅަމެން ސަލާމަތްކުރައްވައި، އިބަ އިލާހުގެ އޯގާވަންތަކަމުން އެއިގެ ނުބައިކަމުން އަޅަމެންނަށް ރައްކާތެރިކަން ދެއްވުމަށް ވެސް ދަންނަވަ އެވެ.