ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޕެރެޑައިސް ރިސޯޓުގެ ޓެސްޓުތައް ނެގެޓިވް، ރަށް ހުޅުވައިފި

Mar 20, 2020
1

ޕެރެޑައިސް އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓް ކުރި ހުރިހާ މީހުންގެ ނަތީޖާތައް ނެގެޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.

ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިގެން، ޕެރެޑައިސް ރިސޯޓުން އިއްޔެ އެކަހެރިކުރީ އަށް ދިވެހިންނާއި ދެ ބިދޭސީ އެކެވެ.

އެޗްޕީއޭއިން މިއަދު އެ 10 މީހުންގެ ވެސް ޓެސްޓުތަކުގެ ނަތީޖާ ނެގެޓިވްވެފައިވާތީ، ކުރިން މޮނީޓަރިންގެ ހާލަތަށް ގެނެވުނު އެ ރަށްވެސް މިހާރު ހުޅުވާލެވިފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހުން ހިމެނެ އެވެ. ކޮވިޑް-19ގެ އާ ކޭސްއެއް ރާއްޖެއިން ނުފެންނަތާ މިހާރު ވަނީ ހަތަރު ދުވަސްވެފަ އެވެ.