ހަބަރު

ރަންދެލި ރިސޯޓުގެ ވިލާއެއް ރޯވެ އަނދައިފި

Mar 21, 2020

ރަންދެލި ރިސޯޓުގެ ވިލާއެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭ ވަރަށް އެތަން އަނދައިފި އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ އެ ރިސޯޓްގެ ވިލާ 47 ގައި އަލިފާން ރޯވީ ރޭ މެންދަމު 3:40 އެހާކަންހާއިރު ކަމަށެވެ. އެ ރިސޯޓްގެ ވިލާއެއްގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލެވުނު އިރު އެ ތަން އަނދައިގެން ގޮސްފަ އެވެ.

ރަންދެލި ރިސޯޓުގެ އެ ވިލާގައި އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ. ފުލުހުން ބުނީ އެ މައްސަލަ ދަނީ ތަހުގީގު ކުރެވެމުން ކަމަށެވެ.