ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭސިޓީގެ ކަށުނަމާދުތައް ދެ މިސްކިތަކަށް

މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލޭ ސިޓީގައި މަރުވާ މީހުންގެ ކަށުނަމާދު ހަމައެކަނި މާލޭގެ އާސަހަރާގެ މަސްޖިދުއް ތައާވުނުގަ އާއި ހުޅުމާލޭގެ މަސްޖިދުއް ޒައިދް ބިން ޘާބިތްގައި ކުރަން މާލެ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކައުންސިލުގެ އިދާރާއިން ބުނީ އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ. އެ ކައުންސިލުން ބުނީ އެ ދެ މިސްކިތުގައި ކަށު ނަމާދު ކުރެވޭނީ ފަރުލު ނަމާދަކަށް ބަންގިގޮވާ ވަގުތުން ފެށިގެން ބައިގަޑި އިރު ފަހުން ކަމަށެވެ.

މީގެ އިތުރުން މައްޔިތަކު ސަހަރާއަށް ގެންދިއުމަށްފަހު ވީހާވެސް އަވަހަކަށް ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ވަޅުލުމަށް ޖަމާއަތްތެރިންނާއި އާއިލާގެ މީހުން އިސްކަން ދިނުމަށް ވެސް އެދިފައި ވެއެވެ.