ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ހީވަނީ ފުއްޕާމޭގައި ފުޅިތޮށިތަކެއް ހުރިހެން: ކޮވިޑް-19 ޖެހިފައިވާ މީހެއް

ކޮވިޑް-19 ޖެހިފައިވާ އިނގިރޭސި ވިލާތުގެ އަންހެނަކު ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި މި ބަލީގެ ހުރި ބިރުވެރިކަން ހާމަކޮށްދީފައި ވެއެވެ. އަދި ބަލީގައި އޭނާ ކުރަމުންދާ ތަޖުރިބާ 39 އަހަރުގެ މި އަންހެންމީހާ ވަނީ ޝެއާ ކޮށްފަ އެވެ.

ތާރާ ޖޭން ލޭންގްސްޓަން ސޯޝަލް މީޑިއާގައި ޝެއާކުރި ވީޑިއޯއަކީ ވެސްޓް ލަންޑަންގެ ހިލިންގްޑަން ހޮސްޕިޓަލުގެ އައިސީޔޫގައި އޮވެގެން ނަގާފައިވާ ވީޑިއޯއެކެވެ.

"އާދޭސްކޮށްފައި ބުނަން. މި ވައިރަސް ހަށިގަނޑަށް ނާރާތޯ ރައްކާތެރިކަމުގެ ގޮތުން ކުރެވުނުހާ ކަމެއް ކުރޭ. އެއްވެސް ޗާންސެއް ނުނަގާ. އަދި ޗާންސެއް ނަގަން ވިސްނާ މީހަކު ވެސް އަހަރެންގެ ހާލަތަށް ބަލާލާ. އަހަރެން މިއޮތީ އިންޓެންސިވް ކެއާ ޔުނިޓުގައި. މި ޓިއުބުތަކާ ނުލާ އަހަންނަކަށް ނޭވާއެއް ނުލެވޭ،" ވަރަށް އުނދަގުލުން ނޭވާ ލަމުން ތާރާ މި ވީޑިއޯގައި ބުނެފައި ވެއެވެ.

ތާރާގެ އަތަށް ދެ ޓިއުބެއް ގުޅާފައިވާއިރު އޭނާ ނޭވާލުމަށް ވެސް އިތުރު ޓިއުބެއް ގުޅާފައި ވެއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައީ އެ ޓިއުބުންނެވެ. އޭރު ވެސް އޭނާ އިރުއިރުކޮޅާ ނޭވާ ހާސްވެގެން އުޅޭތަން ފެނެ އެވެ.

އޭނާ ބުނި ގޮތުގައި އޭނާގެ ހަށިގަނޑުގެ ދެ ތަނަކަށް ދެ ކެނިއުލާ ލައްވާފައި ވެއެވެ. އަދި ކެތިޓާއެއް (ކުޑަކަމުދާން ބޭނުންކުރާ ހޮޅިއެއް) ވެސް ވަނީ ލައްވާފަ އެވެ. އޭނާގެ ހާލަތު ވަރަށް ބޮޑަށް ގޯސްވި ކަމަށާއި މި ވީޑީއޯ ކުރަމުންދާ ވަގުތަކީ އޭނާގެ ކުރީގެ ހާލަތަށް ވުރެ 10 ގުނަ ރަނގަޅުވެފައިވާ ހާލަތެއް ކަމަށް ވެސް ތާރާ ބުންޏެވެ.

ތާރާ ބުނާ ގޮތުން އޭނާއަށް މިހާރު ރޭދުވާ ތަކުރާރުވާ ގޮތެއް ވެސް ނޭނގެ އެވެ.

ތާރާގެ ވަރަށް ވަރުގަދަ އިލްތިމާސެއް އާއްމުކޮށް ދުނިޔޭގައި ދިރިއުޅޭ އެންމެންނަށް މި ވީޑިއޯގެ ޒަރިއްޔާއިން އޭނާ ހިއްސާ ކުރި އެވެ.

"ސިނގިރޭޓް ބޯ މީހެއް ނަމަ އަވަހަށް އެކަން ހުއްޓާލާ. ސަބަބަކީ ތި ފުއްޕާމޭގެ ބޭނުން ވަރަށް ބޮޑުވާނެތީ. ހެޔޮނުވާނެ ތީގެން އެއްވެސް މީހަކު މިފަދަ ފުރުސަތެއް ތަނަވަސްވިޔަ ނުދީ. ކޮވިޑް-19 ޖެހި ބޮޑުވަރު ވެއްޖެނަމަ ތީގެން ކޮންމެ މީހަކަށް ވެސް އޮންނަން ޖެހޭނީ އަހަރެން މިއޮތް ތަނުގައި،" ތާރާ ބުނެފައި ވެއެވެ.

އިނގިރޭސި ވިލާތު ނޫހަކަށް ތާރާ ބުނެފައިވާ ގޮތުގައި އޭނާއަށް އިހްސާސް ކުރެވެނީ އޭނާގެ ފުއްޕާމޭގައި ފުޅިތޮށިތަކެއް ހުރިހެންނެވެ. އެހެންވެ ނޭވާލުމަކީ ވެސް ގަދަފަދަ ހަނގުރާމައެއް ކުރުން ފަދަ ކަމެކެވެ.

ތާރާ ބުނި ގޮތުގައި އޭނާ އައިސީޔޫއަށް ގެންގޮސް ސިޑޭޓްކޮށް ޓިއުބުލައްވާށެވެ. ސަބަބަކީ އޭނާގެ ހަށިގަނޑު ބައްޔާ ހަނގުރާމަކުރުމުގައި ހޭދަކުރި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މާ ބޮޑަށް މަރުވެ ބަލިކަށިވެފައި ވާތީ އެވެ.

ތާރާ އަކީ ފިޓްނަސް އަށް ވަރަށް ބޮޑު ސަމާލުކަމެއް ދިން މީހެކެވެ. އޭނާ ބުނި ގޮތުގައި މި ވީޑިއޯ ރެކޯޑްކޮށް ސޯޝަލް މީޑިއާގައި ޝެއާކުރުމުގެ މަގްސަދަކީ މި ބައްޔަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ޖެހޭ ބައްޔެއް ނޫން ކަމާއި އަދި ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށް އެކަނި ޖެހޭ ބައްޔެއް ނޫންކަން ހާމަކޮށްދިނުމަށެވެ.

އެންމެ ފުރަތަމަ ތާރާގެ ބަލި ފެށުނީ އާއިލާއަކު ޕޮލެންޑަށް ކުރި ޗުއްޓީ ދަތުރަކުން އެނބުރި އައިތަނާ މޭގައި ރޯގާ ހިފާފައިވާ ކަހަލަ ގޮތެއް ވެގެންނެވެ.