ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

އޮލިމްޕިކް ގޭމްސް ފަސް ކުރުމުގެ މަރުހަލާތަކެއް

މި އަހަރު ޖަޕާންގައި ބާއްވާ އޮލިމްޕިކްސް ގޭމްސް ފަސް ކުރުމުގެ މަރުހަލާއެއްގެ ގޮތުގައި ހަތަރު ހަފުތާގެ މުއްދަތެއް އިންޓަނޭޝަނަލް އޮލިމްޕިކް ކައުންސިލް (އައިއޯއައިސީ) އިން ކަނޑައަޅައިފި އެވެ.

މުޅި ދުނިޔޭގައި މިހާރު ފެތުރެމުންދާ، ކޮވިޑް-19 ގެ އަސަރު އޮލިމްޕިކްސް ގޭމްސްއަށް ވަނީ ކޮށްފަ އެވެ. ގޭމްސް ބާއްވަން ތާވަލު ކޮށްފައި ވަނީ، ޖުލައި 24 އިން އޯގަސްޓް ނުވަޔަކަށެވެ. ހަތަރު ހަފުތާގެ މަރުހަލާއެއްގެ ގޮތުގައި ކަނޑައެޅި މުއްދަތަކީ، ފަސް ކުރުމާއި ނުކުރުމާ ބެހޭގޮތުން ހާލަތު ދެ ނެގަތުމަށް ކަނޑައެޅި މުއްދަތެކެވެ. ފަސް ކުރާނީ އަންނަ އަހަރު ގޭމްސް ބާއްވާ ގޮތަށެވެ.

އައިއޯއައިސީގެ ރައީސް ތޯމަސް ބާކް، މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ އޮލިމްޕިކް ގޭމްސްއަށް ޕްލޭން ބީ އެއް ނެތް ކަމަށެވެ. އެ ވާހަކަ ވިދާޅުވުމުން އެތުލީޓުންނާއި ގައުމުތަކުގެ އޮލިމްޕިކް އެސޯސިއޭޝަންތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. ހާލަތު ދެނެގަތުމަށް މުއްދަތެއް ކަނޑައެޅީ އޭގެ ފަހުންނެވެ.

ދުނިޔޭގެ އެތުލެޓިކްސް ފެޑްރޭޝަނުން ވަނީ، އޮލިމްޕިކް ގޭމްސް ފަސް ކުރުމަށް އިއްޔަ ގޮވާލާފަ އެވެ. އަދި ކެނެޑާއިން ވަނީ، މިހާލަތުގައި އެގައުމުގެ އެތުލީޓުންނާއި ޓީމުތައް އޮލިމްޕިކް ގޭމްސްއަށް ނުފޮނުވާނެ ކަމަށް ބުނެފަ އެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނީ ޖަޕާންގެ އަވަށްޓެރި ޗައިނާގަ އެވެ. މި ވައިރަސް ޖެހިގެން ޖަޕާންގައި 36 މީހުން ވަނީ މަރުވެފަ އެވެ.