ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީއަށް އަލީ ވަހީދު

Mar 24, 2020

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގައި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމަނައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީގައި އަލީ ވަހީދު ހިމެނިކަން ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން އަންގާފައިވާ ކަމަށެވެ.

ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީއަކީ މާޗް 19، 2020 ގައި ޔޫއެންޑަބްލިއުޓީއޯ އިން އިންތިޒާމު ކޮށްގެން ބޭއްވި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން" ގައި އެކުލަވާލުމަށް ނިންމި ކޮމެޓީއެކެވެ.

އަލީ ވަހީދު އެ ކޮމެޓީގައި ހިމެނި އިރު އޭނާއަކީ އަންހެން ވަޒީރަކަށް ޖިންސީ ފުރައްސާރަ ކުރުމުން ރާއްޖޭގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވުމުން ވެސް އިސްތިއުފާ ނުދެއްވި އަދި ސަރުކާރުން ވެސް އެކަމައި އަޅައި ނުލި ވަޒީރެކެވެ.