ހަބަރު

ކުޅުދުއްފުށީގައި މުސަޅުތަކެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Mar 23, 2020

ކުޅުދުއްފުށީ ސިޓީގައި ފަސް މުސަޅު ވަގަށް ނެގި މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި އެގެެއްގެ ކޮށްޓެއްގައި ތިބި ފަސް މުސަޅު ވަގަށް ނެގި ކަމުގެ ރިޕޯޓް މި މަހުގެ 17 ވަނަ ދުވަހު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު ކަމަށެވެ.

އޭގެ ތަހުގީގު ހިންގައި ހަތަރު މުސަޅު، ފުލުހުން ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެއް މުސަޅު އަދި ހޯދިފައެއް ނުވެ އެވެ.

ނަމަވެސް މި ވައްކަމާ ގުޅިގެން ކުޅުދުއްފުށިން 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމާއި މައްސަލައިއގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.