ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދިރާގު ފިކްސްޑް ބްރޯޑްބޭންޑްގެ އެޑް-އޮން ތަކުން ޑިސްކައުންޓް

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި މަހުގެ ބާކީ އޮތް ދުވަސްތަކާ އަދި އެޕްރީލް މަހުގައި އެކްޓިވޭޓްކުރައްވާ އެޑް-އޮންއަކުން 50 ޕަސެންޓް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.

ދިރާގުން ބުނީ މިއީ ކޮވިޑް-19 އާ ގުޅިގެން ސްކޫލްތަކާއި ކޮލެޖްތަތައް ބަންދުކޮށް ގިނަ ބަޔަކު ގޭގައި ހުންނަން ޖެހުމުގެ ސަބަބުން އިންޓަނެޓްގެ ބޭނުން ވަރަށް މުހިންމު ވެފައިވާ ދަނޑިވަޅަކަށް ވާތީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން އެކުންފުނިން ނިންމި ނިންމުމެއް ކަމަށެވެ.

ދިރާގުން ބުނީ ޑް-އޮންތައް އެކްޓިވޭޓްކޮށްލުމަށް ދިރާގު މޯބައިލް އެޕް އަދި ދިރާގު ވެބްސައިޓުގައިވާ "މައިއެކައުންޓް" ހިދުމަތް މެދުވެރިކޮށް ކުރެވޭނެ ކަމަށާއި އަދި ކަސްޓަމަރުން އިންޓަނެޓް ބޭނުންކުރެވޭ ވަރުގެ ނޮޓިފިކޭޝަން ހޯދުމަށް ފިކްސްޑް ބްރޯޑްބޭންޑް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް އެސްއެމްއެސް ނޮޓިފިކޭޝަން އެކްޓިވޭޓްކުރެވޭނެ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، މި މަސްތެރޭގައި ރެސިޑެންޝަލް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓް އިތުރު ޑޭޓާ ދިރާގުން ވަނީ ދީފަ އެވެ. އަދި މި އަންނަ މަހުގައި ވެސް ދޭން ވަނީ ނިންމާފަ އެވެ. ހަމަމިއާއެކު، ބިޒްނަސް ފިކްސްޑް ބްރޯޑްބޭންޑް އަދި ގެސްޓްހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީ އިން 25 ޕަސެންޓް ޑިސްކައުންޓް މި މަސް އަދި އެޕްރީލް މަހު ދޭން އެ ކުންފުނިން ވަނީ ނިންމާފަ އެވެ.