ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެސްޓީއޯގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރާނެ ގޮތް ހަދަނީ

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެސްޓީއޯ އިން ބުނީ މިއީ ކޮވިޑް-19 އާއި ގުޅިގެން މުވައްޒަފުންގެ ރައްކާތެރިކަމަށް އެކުންފުނިން އަޅަމުންދާ ފިޔަވަޅުތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

އެސްޓީއޯއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ގޭގައި މަސައްކަތް ކުރުމުގެ އިންތިޒާމުގެ ތެރެއިން އެއްދުވަހުގެ ޓެސްޓެއް މާދަމާ ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން އެކުންފުނީގެ ރިސެޕްޝަނުން ދެވޭ ހިދުމަތްތަށް އޮންލައިންކޮށް ދެމުންގެންދާނެ ކަމަށެވެ. އަދި ޕޭމަންޓް އަދި އިންވޮއިސްތަކަށް ފައިސާ ޖަމާކުރާނީ އެސްޓީއޯ ބީއެމްއެލް އެކައުންޓް ނަމްބަރު 7701100471014 އަށް ކަމަށާއި ޕޭމަންޓްގެ ތަފްސީލް އީމެއިލް [email protected] ކުރުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ.

މީގެ އިތުރުން މާދަމާ އެކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ވަގުތަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެސްޓީއޯ ޕީޕަލްސް ޗޮއިސް ސްޓޭޕަލް ފުޑްސް ހުޅުވިފައި ހުންނާނީ ހެނދުނު 8:00 އިން ހަވީރި 16:00 އަށް ކަމަށާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ހުޅުވިފައި ހުންނާނީ މެންދުރުފަހު 14:00 އިން ފެށިގެން ރޭގަނޑު 22:00 އަށް ކަމަށް އެކުންފުނިން ބުނެ އެވެ.