ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ހަނގުރާމަތައް ހުއްޓާލަން އދ. އިން ގޮވާލައިފި

Mar 24, 2020
1

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ ހަނގުރާމަތައް ވަގުތުން ހުއްޓާލައި، މި ބަލާއާފާތާ ދެކޮޅަށް މަސައްކަތް ފަށަން އދ. އިން ގޮވާލައިފި އެވެ.

އދ. ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭސް ވިދާޅުވީ، ހަނގުރާމަތައް ހުއްޓާލައިގެން ނޫނީ އެ ސަރަހައްދުތަކުގައި ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައ ތިބި މީހުނަށް ބައްޔާ ދެކޮޅަށް އެހީތެރިކަން ފޯރުކޮށް ދޭން ދަތިވާނެ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެބަ ފެނޭ، މި ބަލި ވަކި ގައުމަކަށް ނޫނީ ނަސްލަކަށް ބެލުމެއް ނެތި ފެތުރެމުންދާތަން،" ގުޓެރޭސް ވިދާޅުވި އެވެ.

އޭނާ ފާހަގަ ކުރެއްވި ގޮތުގައި އެ ބަލީގެ ނުރައްކާ އެންމެ ބޮޑީ، ހަނގުރާމަތައް ކުރިއަށްދާ ސަރަހައްދުތަކުގައި ތާށިވެފައި ތިބި މީހުނަށެވެ.

އެހެންކަމުން، މިވަގުތަށް ނަމަވެސް، ހަތިޔާރު ބަހައްޓައި، މުޅި ދުނިޔެ މިހާރު ކުރަމުންދާ ހަގީގީ ހަނގުރާމައަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ވެސް ގުޓެރޭސް ގޮވާލެއްވި އެވެ.

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު 300،000 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އޭގެ ތެރެއިން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13،000 ފަހަނަ އަޅައި ގޮސްފަ އެވެ.