ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައްޔިތުންގެ މަޖިލިސް

މެންބަރުން ގޭގައި ތިބެ މަޖިލިސް ކުރަން ނިންމައިފި

އަންނަ ހަފުތާއިން ފެށިގެން މެންބަރުން ގޭގައި ތިއްބަވައި އިންޓަނެޓް މެދުވެރިކޮށް މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދަން މަޖިލީހުން ނިންމައިފި އެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ސަރުކާރު ބަންދުކުރުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑާލާފަ އެވެ.

ސަރުކާރު ބަންދު ކުރުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިފަދަ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލިސް ބަންދު ކޮށްފައި ނުބޭއްވޭނެ ކަމަށެވެ. އަދި ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާތައް ބާއްވާނެ ކަމަށެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ކޮމިޓީތަކުގެ މުގައްރިރުންނާއި މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކުރައްވާފަ އެވެ. އެ މަޝްވަރާތަކަށް ފަހު ނިންމީ ގޭގައި މެންބަރުން ތިބެގެން މަސައްކަތްތައް ކުރިޔަށް ގެންދާށެވެ.