ބޭރު ކުޅިވަރު

ކްރޮއޭޝިޔާ ކޯޗު މަގާމުން ވަކިކޮށްފި

Sep 10, 2015

ކްރޮއޭޝިޔާގެ ކޯޗު ނިކޯ ކޮވަކް މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިމިކުރީ ޔޫރޯ ކޮލިފައިންގައި ނޯވޭ އަތުން 2-0އިން ބަލިވެ ގްރޫޕުގެ ތިން ވަނަ އަށް ވެއްޓުމުންނެވެ.

ކްރޮއޭޝިޔާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޑާވޯ ސުކާ ބުނީ އާ ކޯޗަކު ހަމަޖައްސާނީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ ބައްދަލުވުމަށް ފަހު ކަމަށެވެ.

ނިކޯ ކޮވަކް ކްރޮއޭޝިޔާގެ ގައުމީ ކޯޗުކަން ދިނީ 2013 ވަނަ އަހަރު އެވެ. މިދިޔަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕަށް އޭނާގެ ބެލުމުގެ ދަށުން ކުޅެ ކްރޮއޭޝިޔާ މުބާރާތުން ކެޓީ ފުރަތަމަ ބުރުންނެވެ.

އުމުރުން 43 އަހަރުގެ ކޮވަކް ކޯޗުކަމުން ވަކިކުރި އިރު ޓީމުގެ ބައެއް މުހިންމު ކުޅުންތެރިންނާ އޭނާއާ ވަނީ މައްސަލަޖެހިފަ އެވެ. މި ގޮތުން ރެއާލް މެޑްރިޑަށް ކުޅޭ މިޑްފީލްޑަރު ލޫކާ މޮޑްރިޗާ މައްސަލަޖެހުމުން ކޮވަކް ބުނީ ބައެއް ކުޅުންތެރިން ގައުމީ ޓީމަށް ކުޅޭއިރު ފުލްކޮމިޓްމަންޓް ނުދޭ ކަމަށެވެ.