ޑިފެންސް މިނިސްޓްރީ

ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ އޮންލައިންކޮށް

Mar 25, 2020

ކޯވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުގައި ސަރުކާރު ބަންދު ކުރެވިފައިވާތީ، ކެމިކަލް އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން "މަކުޑި" ސޮޕްޓްވެއާ މެދުވެރިކޮށް ދޫކުރުމުގެ އިންތިޒާމެއް ޑިފެންސް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

ޑިފެންސް މިނިސްޓްރީން ކެމިކަލް ގެނައުމުގެ ހުއްދައަށް އެދޭ އެޕްލިކޭޝަން ފޯމް އެ ސޮޕްޓްވެއާ މެދުވެރިކޮށް ހުށަހެޅުމުން އެކަމަށް ބޭނުންވާ ރެވެނިއު ސްޓޭންޕް މީރާއިން ގަނެވޭނެ އިންތިޒާމް އެ މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށެވެ.

އަދި ބުނީ ހުއްދައިގެ އަސްލަކީ އީމެއިލުން ފޮނުވާ ހުއްދަ ކަމަށެވެ.