ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިން: މުސްކުޅިންތަކެއް މަރުވާން ދޫކޮށްލި މައްސަލަ ބަލަނީ

Mar 25, 2020
2

މެޑްރިޑް (މާޗް 25) - ސްޕެއިންގެ ބައެއް ރިޓަޔާމަންޓް ހޯމްތަކުގައި އުމުރުން ދުވަސްވީ މީހުންތަކެއް މަރުވާން ދޫކޮށްލާފައިވާ މައްސަލަ ތަހުގީގު ކުރަން ފަށައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އުރުމުން ދުވަސް މީހުން ބަލަހައްޓާ ތަންތަން ޑިސްއިންފެކްޓް ކުރަން ސިފައިން ނުކުމެ އުޅުމުގެ ތެރޭގައި، އޭގެ ތެރެއިން ބައެއް ތަންތަނުގައި މަރުވާން ދޫކޮށްލާފައި ތިބި ބަޔަކު ވަނީ ފެނިފަ އެވެ. ސިފައިންނަށް ފެނުނު އިރު އޭގެ ތެރެއިން އެއް ބައި މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ސްޕެއިން ޕްރޮސެކިޔުޓާ ޖެނެރަލް މިހާރު ވަނީ ތަހުގީގެއް ފައްޓަވައިފަ އެވެ. ކޮވިޑް-19 ޖެހިގެން ސްޕެއިންގައި މަރުވި މީހުންގެ އަދަދު މިހާރު 2،694 އަށް ވަނީ އަރައިފަ އެވެ.

އިއްޔެ އެކަނިވެސް ސްޕެއިންގައި 500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، އެ ބަލީގެ އެންމެ ބޮޑު ނުރައްކަލެއް އޮންނަ އުމުރުން ދުވަސްވީ މީހުނަށް އިހުމާލުވަމުންދާކަމުގެ ތުހުމަތުތައް ވަނީ އިތުރުވެފަ އެވެ.

ސްޕެއިންގެ ހޮސްޕިޓަލުތަކަށްވެސް ނުކަތާވަރަށް އެ ބަލި ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. އަދި މީހުން ދިރިއުޅޭ ގޭބީސީތަކުގައި މަރުވާ މީހުންގެ ހަށިގަނޑުތައް ގެންދިޔުމަށްވެސް އެތަކެއް ދުވަހެއް ހޭދަވަމުންދާ ކަމުގެ ކަންބޮޑުވުންތައްވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.