ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޕްރިންސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

Mar 25, 2020

ލަންޑަން (މާޗް 25) - އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ދަރިކަލުން އަދި ޕްރިންސް އޮފް ވޭލްސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ބުނެފި އެވެ.

ކްލެރެންސް ހައުސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، 71 އަހަރުގެ ޕްރިންސް ޗާލްސްގެ ހާލުކޮޅު މިވަގުތު ރަނގަޅުކަމަށާއި ބަލީގެ އަލާމާތްތައް ހުރީވެސް ވަރަށް ކުޑަކޮށް ކަމަށެވެ.

ޗާލްސްގެ އަނބިކަނބަލުން ވެސް އެ ވައިރަހަށް ޓެސްޓު ކުރިނަމަވެސް، ނަތީޖާ ނެގެޓިވްކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.

ކްލެރެންސް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޗާލްސް އަދި ކަމިލާ މިހާރު ތިއްބެވީ ކަރަންޓީނުގައި ދިރިއުޅުއްވާ ގެކޮޅުގައި ކަމަށެވެ.

ބަކިންގްހަމް ޕެލެސް އިން ބުނި ގޮތުގައި ޗާލްސް، ރާނީ އާ އެންމެ ފަހުން ބައްދަލުކުރައްވާފައިވަނީ މާޗް 12 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް، އެކަމަނާގެ ހާލުކޮޅުވެސް އަދި ރަނގަޅުކަމަށް ގަނޑުވަރުން އިތުރަށް ބުނެފައިވެ އެވެ.

ޗާލްސްއަށް އެ ވައިރަސް ޖެހިފައިވަނީ ކާކުގެ ފަރާތަކުން ބުނަން ނޭނގޭކަމަށެވެ.

އިނގިރޭސިވިލާތުގައި ވެސް ކޮވިޑް-19 ދަނީ ވަރަށް ހަލުވި މިނުގައި ފެތުރެމުންނެވެ. އެ ގޮތުން އެ ބަލިޖެހުނު މީހުންގެ އަދަދު މިހާރު 8،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 422 މީހަކު ވަނީ މަރުވެފަ އެވެ.