ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް-19: އިނގިރޭސި ބޮޑުވަޒީރު އެޑްމިޓުކޮށްފި

Apr 6, 2020

ލަންޑަން (އޭޕްރީލް 6) - ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ބޮރިސް ޖޯންސަންގެ ޓެސްޓުތަކެއް ހެދުމަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައިވާ ކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފި އެވެ.

ބޮޑު ވަޒީރުގެ އޮފީހުން ބުނި ގޮތުގައި، ހުން އައުމާއެކު ކޮވިޑް-19 އިގެ އަލާމާތްތައް ފެންނާތީ، ބޮރިސް ޖޯންސަން ލަންޑަން ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުގެ ރެގަނޑުގެ ވަގުތެއްގަ އެވެ.

އަދި އެމަނިކުފާނު އެޑްމިޓުކޮށްފައި ވަނީ، ޑޮކްޓަރުގެ ލަފާގެ މަތީން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ވެސް ބޮޑު ވަޒީރުގެ އޮފީހުން ބުންޏެވެ.

ހޮސްޕިޓަލުގައި އޮންނެވި ނަމަވެސް، ސަރުކާރު ހިންގުމުގެ ކަންކަމުގައި ބޮޑުވަޒީރު އުޅުއްވާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެ އެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުން، ބޮރިސް ޖޯންސަން މަސައްކަތް ކުރައްވަމުން ގެންދެވީ އެމަނިކުފާނުގެ ގެކޮޅުގައި ހުންނަވައިގެންނެވެ.

ޔޫކޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 48،000 އާ ގާތްކުރާއިރު، އޭގެ ތެރެއިން ގާތްގަނޑަކަށް 5،000 މީހުން ވަނީ މަރުވެފަ އެވެ.

ބޮރިސް ޖޯންސަންގެ އިތުރުން، އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް ޗާލްސް ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.