ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލް އިން ޕާސަނަލް ލޯނާއެކު ހުރިހާ ލޯނުތަކެއް ފަސްކޮށްދީފި

ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބެމުންދާ ގެއްލުން ތަކުން އަރައި ގަތުމަށްޓަކައި ގައުމީ ބޭންކުގައި ހުރި ހުރިހާ ލޯނު ތަކެއް ފަސްކޮށް ދޭން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި މި ގޮތުން މި ވަގުތު އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައިދިނުމަށް މި ފަރާތް ތަކުން ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށްފަ އެވެ.

މި މުއްދަތުގެ ލޯނުގެ އިންޓަރެސްޓް އަށް ވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވިގެންދާނެތީވެ، ލޯނު އަނބުރާ ދެއްކުމަށް ކަނޑައެޅިފައިވާ މުއްދަތަށް ވެސް މިވަނީ ހަ މަސްދުވަހަށް އިތުރު ކުރެވިފަ އެވެ. މީގެ އިތުރުން ލޯނު ދެއްކުން ފަސް ކުރާ ހަ މަހަށް ފަހު ޖެހިގެން އަންނަ ހަ މަސް ދުވަހުތެރޭ ކޮންމެ މަހަކަށް ދައްކަން ޖެހޭ އަދަދު 20 ޕަސެންޓް މަދުކޮށް ދެއްކުމުގެ ފުރުސަތު ވެސް މި ވަނީ ހަމަޖެހިފަ އެވެ.

ބީއެމްއެލް އިން ފަސްކޮށް ދީފައިވާ ލޯނުތަކުގެ ތެރޭގައި ޕާސަނަލް، ހައުސިން އާއި ބިޒްނަސް ލޯނުތައް ނަގާފައިވާ ފަރާތްތަކުގެ ތެރެއިން ހަ މަސް ދުވަހަށް ފައިސާ ދެއްކުން ފަސްކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް އަންނަ މަހުގެ އެކަމުން ސެޕްޓެމްބަރު ނިޔަލަށް މި ފުރުސަތު ލިބޭނެ އެވެ.

"ލޯން އަނބުރާ ދެއްކުން ފަސްކޮށްދިނުމަށް ކަނޑައެޅިފައިވާ ހަމައެކަނި ޝަރުތަކީ ލޯނަށް ގަވައިދުން ދައްކަންޖެހި، ނުދައްކާ ފައިސާއެއް ނެތުމެވެ. މިގޮތުން މާޗު މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ކޮންމެ ވަގުތެއްގައި ވެސް ލޯނުގެ ފައިސާ ފަހުން ދެއްކޭނެ ގޮތް ހަމަޖައްސައިދިނުމަށް ކަސްޓަމަރަށް އެދެވޭނެ އެވެ. ދަައްކަންޖެހޭ ފައިސާ ފަސްކޮށްދިނުމުގައި އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ދޫކޮށްފައިވާ ކްރެޓިޑް ކާޑާއި އޯވަޑްރާފްޓް އަށް ދައްކަން ޖެހޭ ފައިސާ ނުހިމެނެ އެވެ،" ބީއެމްއެލް އިން ބުނެފައިވެ އެވެ.

ލޯނު އަނބުރާ ދެއްކުން ފަސް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ހަ މަސް ދުވަހު ލޯނުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް މި ހަ މަސްދުވަހު ދަައްކާކަށް ނުޖެހޭނެ އެވެ. ނަމަވެސް މި ހަ މަސް ދުވަހު ލޯނުގެ އިންޓަރެސްޓްއަށްވާ ފައިސާ ލޯނުގެ އަދަދަށް އިތުރުކުރެވި ލޯނުގެ ބާކީ މުއްދަތުގެ ތެރޭގައި މަހުންމަހަށް ބަހާލައިގެން ދައްކަން ޖެހޭނެ އެވެ. ލޯނުތަކުގެ އިންޓަރެސްޓް ރޭޓަށް ބަދަލެއް ގެނެވިފައި ނުވެ އެވެ. އެހެންކަމުން މިހާރު ވެސް ލޯނަށް ފައިސާ ދައްކަމުންދާ ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ލޯނަށް ފައިސާ ދައްކަން ބޭނުންވާ ކަސްޓަމަރުންނަށް އެ ފުރުސަތު ވެސް ލިބިގެންދާނެ އެވެ