ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ ބަލާއާފާތް

ކޮވިޑް 19 އާއި ގުޅިގެން ސްޕެއިންގައި މަރުވާ މީހުންގެ އަދަދު މައްޗަށް

Mar 26, 2020
2

ކޮވިޑް-19 އާ ގުޅިގެން ސްފެއިންގައި މަރުވި މީހުންގެ އަދަދު ޗައިނާއަށް ވުރެ މައްޗަށް ހިންގަޖެ އެވެ. މީގެ ކުރިން ކޮވިޑް-19 އާއި ގުޅިގެން ގިނަ މަރުތަކެއް ރިކޯޑް ކުރެވިފައި ވަނީ އެ ބަލި ފުރަތަމަ ފެނުނު ޗައިނާގަ އެވެ. ސިއްހީ އޮފިޝަލުން ވިދާޅުވާ ގޮތުގައި ޗައިނާއިން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވެފައި ވަނީ 3287 މީހުނެވެ. ސްޕެއިން މަރުވި މީހުންގެ އަދަދު ވަނީ 3647 އަރާފަ އެވެ. އަދި ސްޕެއިންގައި ސީރިޔަސް ކްރިޓިކަލް ސްޓޭޖްގައި 3166 މީހުން އެބަތިއްބެވެ.

މިދިޔަ 24 ގަޑިއިރު ސްޕެއިންގައި އެކަނި ވަނީ 738 މަރު ރިކޯޑް ކުރެވިފަ އެވެ. އިޓަލީ ނެގުމަށް ފަހު މި ބަލީގެ އެންމެ ނުރައްކާ ހާލަތެއް މިހާރު އޮތް އެއް ގައުމަކީ ސްޕެއިންނެވެ. ކޮވިޑް-19 އައީ ގުޅިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައި ވަނީ އިޓަލީގަ އެވެ. އިޓަލީން މަރުވި މީހުންގެ އަދަދު ވަނީ 7500 އަރާފަ އެވެ. އަދި ސީރިޔަސް ކްރިޓިކަލް ސްޓޭޖްގައި 3489 މީހުން އެބަތިއްބެވެ.

ސްޕެއިންގައި މިހާތަނަށް ޖުމްލަ 49515 މީހުން، ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން އެކްޓިވް ކޭސްގެ ގޮތުގައި 40501 ކޭސް ރިކޯޑް ކުރެވިފައި ވެއެވެ. އެހެން ކަމުން މުޅި ސްޕެއިނަށް ބަލާއިރު މި ބަލީގެ ފޭޓަލިޓީ ރޭޓް ނުވަތަ ބަލިޖެހިފައިވާ މީހުންގެ ނިސްބަތުން މަރުވާ އަދަދު އުޅެނީ 7.2 ޕަސެންޓުގަ އެވެ.

މިހާތަނަށް 5367 މީހުން ވަނީ ފަރުވާ ހޯދައިގެން، ބަލިން ރަނގަޅުވުމުން ހޮސްޕިޓަލުން ދޫކޮށްލާފަ އެވެ. ނަމަވެސް މިހާރު ވެސް ސީރިޔަސް ކްރިޓިކަލް ސްޓޭޖްގައި ތިބި 3166 މީހުނަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

ސްޕެއިންގެ އާންމު ސިއްހަތާބެހޭ އިދާރާގެ ވެރިޔާ، ފެނާންޑޯ ސިމޯން ވިދާޅުވި ގޮތުގައި މަރުވާ މީހުންގެ ނިސްބަތް މިފަހުން ހުރީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. ނަންބަރުތަކުން މިހާރު ފެންނަ ގޮތުން މިއީ ކޮރޯނާވައިރަސް އެންމެ ޕީކަށް ސްޕެއިންގައި ދާނެ ވަގުތެވެ. އަދި މީގެ 11 ދުވަސް ކުރިން ސްޕެއިން ލޮކްޑައުން ކުރުމުން ބަލި ފެތުރޭ މިންވަރު ކުޑަވެގެން ދިޔަ ވަރު ދެނެގަތުމަށް މިހާރު ދަނީ މަސައްކަތްކުރަންމުންނެވެ.

މި މަސައްކަތްތައް ކުރަމުން ދާއިރު ސްޕެއިނަށް އޮތް އަނެއް ކަންބޮޑުވުމަކީ ސިއްހީ ހިދުމަތްތެރިންގެ ރައްކާތެރިކަމާއި އެފަރާތްތަކަށް ފަހި މާހައުލެއް ހުޅުވާލެވިފައި ނެތުމެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ސްޕެއިންގައި ކޮވިޑް-19 ޖެހިފައިވާ 13 ޕަސެންޓް މީހުނަށް އެ ބަލި އެރުމުގައި ސިއްހީ ހިދުމަތްތެރިންގެ ފަރާތުން މައްސަލަތަކެއް ހުރިކަން ފާހަގަ ވެއެވެ. އެހެންކަމުން އެކަންކަމަށް އޮތް އެންމެ ބޮޑު ހައްލަކީ ސިއްހީ ހިދްމަތްތެރިންނަށް ބޭނުންވާ ރަނގަޅު ރައްކާތެރިކަމުގެ އާލަތްތައް ހޯދުމާއި ބައްޔަށް ފަރުވާ ކުރުމަށް އެކަށީގެންވާ ސާމާނު ހޯދުމެވެ.

ސްޕެއިންގެ ހެލްތު މިނިސްޓަރު ސަލްވަޑޯ އީލާ މިދިޔަ ބުދަ ދުވަހު ވިދާޅުވީ ވަނީ ސްފެއިން އަށް ބޭނުންވާ އެތައް ސަތޭކަ މިލިޔަން ސިއްހީ ސާމާނު ފޯރުކޮށް ދިނުމަށް ޗައިނާއާއެކު "ޑީލެއް" ހެދިއްޖެ ކަމަށެވެ. އެ ޑީލުގެ ދަށުން ސްޕެއިންއަށް 550 މިލިޔަން މާސްކާއި -- މިހާތަނައް ސްޕެއިން ސަރުކާރުން ރައްޔިތުންނައް ބަހާލެވުނީ މުޅިޔަކު ހަ މިލިޔަން މާސްކު -- 5.5 މިލިޔަން ޓެސްޓް ކިޓާއި، 11 މިލިޔަން އަންގި ކުރިޔަށް އޮތް ހަތަރެއް ނުވަތަ އަށް ހަފުތާ ތެރޭ ސްޕެއިނަށް ފޯރުކޮށް ދެވޭނެ ކަމަށެވެ.

އަދި މީގެ ތެރެއިން ފުރަތަމަ ބައި މިހަފުތާ ނިމުމުގެ ކުރިން ސްޕެއިންއަށް އެތެރެ ވާނެ ކަމަށް ވެސް އިލާ ވިދާޅުވި އެވެ. ސްޕެއިންގެ ކުންފުނިތަކުން ވެސް ސިއްހީ ބޭނުންތަކަށް ބޭނުންވާ ސާމާނު ވީވަރަކުން އުފައްދަމުން ގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިލާ އިތުރަށް ފަހަގަ ކުރެއްވި ގޮތުގައި އައިސީޔޫއަށް ބޭނުންވާ ވެންޓިލޭޓާ ވެސް އެ ޑީލްގެ ތެރޭގައި ހިމެނެ އެވެ. އެގޮތުން އެޕްރީލް އާއި ޖޫން މަހު ތެރޭ 950 ވެންޓިލޭޓަރު ސްޕެއިންއަށް ވަންނާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާއަށް ދިން ކޮންޓްރެކްޓްގެ އަގަށް 432 މިލިޔަން ޔޫރޯ (ގާތްގަނޑަކަށް 466 މިލިޔަން އެމެރިކާ ޑޮލަރު) އަށް އަރާނެ އެވެ. މި "ޑީލް" ހަމަޖެހިގެން ދިޔައީ ސްޕެއިންގެ ރައީސް ޕެޑްރޯ ސަންޗޭޒް، ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ގުޅުއްވާ ދެ ބޭފުޅުންގެ މެދުގައި ދެކެވުނު ވާހަކަތަކައް ފަހު އެވެ.

މިދިޔަ ބުދަ ދުވަހު މެޑްރިޑްގެ ކޯޓަކުން ވަނީ ސިއްހީ ހިދުމަތުގައި މަސައްކަތް ކުރާ ފަރަތްތަކަށް ރައްކާތެރި ވުމުގެ ގޮތުން ފޯރުކޮށް ދޭން ޖެހޭ އާލަތްތައް ފޯރު ކޮއްދިނުމަކީ ހެލްތު މިނިސްޓްރީގެ މައްޗަށް ލާޒިމު ކަމެއް ކަމައް ކަނޑައަޅާ، 24 ގަޑި އިރު ތެރޭ އެފަރާތްތަކަށް ބޭނުންވާ ސާމާނު ފޯރުކޮށް ދިނުމަށް މިނިސްޓްރީގެ މައްޗައް އަމުރެއް ނެރެފަ އެވެ.

މެޑްރިޑުގެ ފަންޑިޔާރު އެ އަމުރު ނެރުއްވުމާއި ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ވެރިޔާ އުރިސިލާ ވޮންޑަ ލީން ވިދާޅުވީ ސްޕެއިން އިން ޔޫރަޕިއަން ޔޫނިއަންއިން ރިޒާވް ކޮށްފައިވާ އަންގިޔާއި މާސްކް އަދި އެހެނިހެން އާލަތްތައް ދެ ހަފުތާގެ ތެރޭ ސްޕެއިންގެ ހޮސްޕިޓާތަކަށް ފޯރުކޮށް ދެއްވާނެ ކަމަށެވެ.

އަދި އެކަމަނާ އިތުރަށް ވިދާޅުވީ ޔޫރަޕިޔަން ޔޫނިއަންގެ އެމެޖަންސީ ކޮރޯނާ ވައިރަސް ފަންޑުން 11 ބިލިޔަން ސްޕެއިނަށް އެބަ އޮތްކަމާއި އަދި 20 ބިލިޔަން ޔޫރޯ މިހާރުން މިހާރަށް ވަނީ ހަމަޖެހިފައި ކަމަށެވެ. އެފައިސާ އެއީ ކުދި ވިޔަފާރިތަކަށާއި ވަޒީފާ ގެއްލޭ މީހުނަށް އެހީ ވުމަށް ހަމަޖެހިފައިވާ ފައިސާ ކަމަށް ވެސް. ވިދާޅުވި އެވެ.