ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަލީ އަޝްފާގު (ދަގަނޑޭ)

އިންޓަނޭޝަނަލް ސްޓޭހޯމް ޗެލެންޖުގައި ދަގަނޑޭ

ކޮވިޑް-19 އާ ގުޅިގެން ގައުމުތައް ލޮކުޑައުން ކުރެވި، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން ގޭގައި ތިބުމަށް ގައުމުތަކުގެ ސަރުކާރުތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. ގޭގައި ތިބެގެން އެކި ޕްރޮފިޝަންތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ އެކި ޗެލެންޖުތައް ނަގައި އާންމުންނާ ހަމައަށް އެކަން ގެނެސް ދެމުންނެވެ.

ބައެއް އެތުލީޓުން ގޭގައި ތިބެގެން ގެނެސްދެމުންދާ، ޓިށޫ ޕޭޕާ ޗެލެންޖު ނުވަތަ ޓޮއިލެޓް ޕޭޕާ ޗެލެންޖު ވަނީ، ސޯޝަލް މީޑިއާގައި ވރަށް ބޮޑަށް ވައިގައި ހިފާފަ އެވެ. ޓޮއިލެޓް ޕެޕާ ރޯލް ކޮންޓްރޯލް ކޮށް ވެއްޓުނަ ނުދީ ފައި ކޮންޓްރޯލް ކުރުމުގެ ޗެލެންޖު އެންމެ ފުރަތަމަ ފެށީ، އެމެރިކާގެ އެންބީއޭ (ބާސްކެޓްބޯލް) ކުލަބު، ޑަލަސް މާކިރައިކްސް އަށް ކުޅެމުން ގެންދާ ސްލޮވޭނިއާގެ ޒުވާން ކުޅުންތެރިޔާ ލުކަ ޑޮނިޗް އެވެ.

ކުރިން ރެއާލް މެޑްރިޑްގެ ބާސްކެޓްބޯޅަ ޓީމަށް ކުޅުނު، ޑޮނިޗްގެ ޗެލެންޖު ސޯޝަލް މީޑިއާގައި ވައިރަލުވެ އެހެން އެތުލީޓުންވެސް އެ ޗެލެންޖު ނެގި އެވެ. ފުޓްބޯޅަ ކުޅުންތެރިންގެ ތެރެއިން ލިއޮނަލް މެސީ އާއި ކުރީގެ ކުޅުންތެރިޔާ ތިއަރީ އޮންރީ ޒަވީ ހެނާންޑޭޒް ވެސް އެ ޗެލެންޖު ނެގުމުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް އެކަން މަގުބޫލުވި އެވެ. ގައުމީ ޓީމުގެ ފޯވަޑް، އަލީ އަޝްފާގް (ދަގަނޑޭ) ވެސް ވަނީ، ސްޓޭ ހޯމްގެ ޓިށޫ ޕޭޕާ ޗެލެންޖުގައި ބައިވެރި ވެފަ އެވެ.

އަޝްފާގްގެ ސްޓޭހޯމް ޗެލެންޖް

ބައެއް ކުޅުންތެރިން ޓިށޫ ޕޭޕާ ޗެލެންޖުގައި ބައިވެރިވީ އެކިގޮތަށެވެ. މެސީ ޗެލެންޖު ނެގީ ޓިށޫ ޕޭޕާ ވައްޓާނުލައި 10 ފަހަރު ކޮންޓްރޯލް ކުރުމަށް ފަހު، ޓީށޫ ރޯލް ދުރައް ފޮނުވާލުމަށެވެ. ގޯލްޖަހަން ފަރިތަ އަޝްފާގްގެ ޗެލެންޖެގައި ބައިވެރިވީ ޓިށޫރޯލް މެއިން ކޮންޓްރޯލް ކުރުމަށްފަހު، ފައިގެ ކޮންޓްރޯލްގައި ބާއްވައި "ގޯލަށް" ފޮނުވާޅުމަށެވެ.

ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުހައްމަދު، ގޭގައި ހުރެގެން ނެގީ ތަފާތު ޗެލެންޖެކެވެ. ބަދިގޭގެ މަސައްކަތްތަކުގައި ބައިވެރިވާ ވީޑިއޯއެއް އިމްރާން ވަނީ، އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ. ކުރީގެ ޓީޓީ ކުޅުންތެރިޔާ އަދި ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާފައިވާ މިހާރުގެ ސަފީރު، ސީވިޑް އަހްމަދު ލަތީފް ބައިވެރިވީ ސްޓޭހޯމް ޓީޓީ ޗެލެންޖެއްގަ އެވެ.