ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހަކުރާހުރާގެ މީހަކަށް އަނެއްކާވެސް ޝައްކުވާތީ ޓެސްޓްކުރަނީ

Mar 26, 2020

ކޮވިޑް-19އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ސިނަމަން ހަކުރާ ހުރާ ރިސޯޓުން ބިދޭސީއަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ. އެމީހާގެ ނަތީޖާ ލިބެންދެން އެ ރިސޯޓް ވަނީ މޮނީޓަރިން ހާލަތަށްލާފަ އެވެ.

މީގެކުރިން ވެސް ހަކުރާހުރާ ރިސޯޓް މޮނީޓަރިންގެ ހާލަތަށް ގެނަ އެވެ. އެއީ އެ ރަށުގައި ހުރި ޓޫރިސްޓެއްގެ ފަރާތުން އަލާމާތްތައް ފެނުމާ ގުޅިގެންނެވެ. ނަމަވެސް އޭނާގެ ނަތީޖާ ނެގެޓިވްވުމުން މަނީޓަރިން ހާލަތުން ނަގައި ރިސޯޓް ހުޅުވާލި އެވެ.

އެ ޓޫރިސްޓާ ކޮންޓެކްޓްވި އެއާޕޯޓްގެ ގިނަ މުވައްޒަފުންތަކެއް ވެސް އޭރު އެކަހެރިކުރި އެވެ. އެ އެންމެން ވެސް ދޫކޮށްލީ އެމީހާގެ ނަތީޖާ ނެގެޓިވްވުމާ ގުޅިގެންނެވެ.

ރާއްޖޭގައި ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުންދަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މީހަކަށާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ އެއް މީހަކަށެވެ.

ކޮވިޑް-19 ބަލި ރާއްޖޭގައި ފެތުރުނަ ނުދިޔުމަށް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. އެގޮތުން މާދަމާއިން ފެށިގެން ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ވަނީ ނިންމާފަ އެވެ. އެހެންވެ، މީގެފަހުން ޓޫރިސްޓުންނަށް ރާއްޖެ ނާދެވޭނެ އެވެ.