ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ތާށިވެފައިތިބި މީހުން ގައުމަށް ގެންގޮސްދޭން، ގަތަރު އެއާވޭސް އަދިވެސް ހިދުމަތުގައި

Mar 26, 2020
2

މިހާރު ވަރަށް ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރެމުންދާ ކޮވިޑް-19 ބައްޔާ ގުޅިގެން، ދުނިޔޭގެ ގިނަ އެއާލައިންތަކެއް ދަތުރުތައް ހުއްޓާލަމުންދާ ދަނޑިވަޅެއްގައި، ގަތަރު އެއާވޭސްގެ ފްލައިޓުތައް އިތުރުކޮށްފައިވާކަމަށް އެ އެއާލައިނުން ބުނެފި އެވެ.

އެގޮތުން، ޕެރިސް، ޕާތު އަދި ޑްބަލިންއަށް ފްލައިޓުތައް އިތުރުކޮށްފައިވާއިރު، ފްރެންކްފާޓު، އަދި ލަންޑަންގެ ހީތުރޯ އަށް ސީޓު އިތުރުކުރުމުގެ ގޮތުން، އެ އެއާލައިނުން އޮޕަރޭޓުކުރާ އެންމެ ބޮޑު މަތިންދާބޯޓުކަމަށްވާ އޭ380 ބޭނުންކުރުމަށް ނިންމާފައިވާކަމަށް ގަތަރު އެއާވޭސް އިން ވަނީ ބުނެފަ އެވެ.

"އަޅުގަނޑުމެންނަށް އެނގޭ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެނބުރި ގައުމަށް ދެވޭނެ ގޮތެއްނެތިފަ އެތައް ބަޔަކު ތިބި ކަން. އެހެންކަމުން، އެގޮތަށް ތާށިވެފައިތިބި މީހުން، އެމީހުންގެ އާއިލާތަކާ ހަމައަށް ގެންގޮސްދިނުމަށްޓަކައި ގަތަރު އެއާވޭސްއިން މިދަނީ އަދިވެސް ދުވާލަކު 150 ފްލައިޓް އޮޕަރޭޓުކުރަމުން،" އެ އެއާލައިނުން ބުންޏެވެ.

އެގޮތުން، އަދިވެސް 70 އަށް ވުރެ ގިނަ ސިޓީތަކަށް ގަތަރު އެއާވޭސް އިން ދަނީ ދަތުރުކުރަމުންނެވެ. އަދި އެކި ގައުމުތަކުގެ ސަރުކާރުތަކާއި އެމްބަސީތަކާ މަޝްވަރާކޮށް، އެންމެ ގިނަ މީހުން އެނބުރި ގައުމަށްދާން ބޭނުންވެފައިތިބި ސަރަހައްދުތައް ބަލައި، އެ ތަންތަނަށް ދަތުރުތަކާއި ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ގަތަރު އެއާވޭސްއިން އިތުރަށް ބުނެފައިވެ އެވެ.

އެގޮތުން، ފާއިތުވި ހަތް ދުވަހުގެ ތެރޭގައި، 100،000 އަށް ވުރެ ގިނަ ފަސަންޖަރުން އެމީހެއްގެ ގައުމާ ހަމައަށް ގަތަރު އެއާވޭސް އިން ވަނީ ގެންގޮސްދީފަ އެވެ.

އޭގެ އިތުރުން މިދަނޑިވަޅުގައި އޭޝިއާ އިން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޔޫރަޕާއި އެމެރިކާއަށް ޗާޓަރު ދަތުރުތައް ކުރުމުގެ އިންތިޒާމުތައް ވެސް ގަތަރު އެއާވޭސްއިން ދަނީ ހަމަޖައްސަމުންނެވެ.

ސިއްހީ ބަލާއަފާތެއްގެ ދަނޑިވަޅެއްގައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ފަސަންޖަރުންގެ އިތުރުން، ގަތަރު އެއާވޭސް އިން ދަނީ ކޮންމެ ދުވަހަކު މުދަލާއި، ބޭހުގެ އިތުރުން ސިއްހީ އެކި އާލާތްތައް ގައުމުތަކަށް ފޯރުކޮށްދިނުމުގައި އިސް ދައުރެއް އަދާކުރަމުންނެވެ.