ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރާއްޖޭގައި ތިބި ބޭރު މީހުން ބަލާ މާދަމާ ގަތަރު އެއާވޭސް އަންނަނީ

Apr 20, 2020

ކޮވިޑް-19 އާ ގުޅިގެން، ރާއްޖެއިން ނުފުރި ތިބި، މީހުން ބަލާ ގަތަރު އެއާވޭސްގެ ފްލައިޓެއް މާދަމާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް އަންނާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ބުނީ ރާއްޖޭގައި ތިބި ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުން އަދި އެހެން މީހުން ބަލާ އަންނަ ގަތަރު އެއާވޭސްގެ ފްލައިޓް ކިއު އާރު 675 މާލެ އިން ފުރާނީ މާދަމާ ހަވީރު 3:00 ޖަހާއިރު ކަމަށެވެ. މި ފްލައިޓުން ޓިކެޓް ނަގާފައިވާ ފަރާތް ތަކުން އަމަލު ކުރަން ޖެހޭ ގޮތް އަންގާފައިވާނެ ކަމަށެވެ. އަދި އެ ސާކިއުލާގައި އަންގާފައިވާ މައުލޫމާތުގެ ތަފްސީލްތައް މިރޭ 12 ޖެހުމުގެ ކުރިން މިނިސްޓްރީ އަށް އަންނަން އެދިފައިވެ އެވެ.

ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ރޯގާ، ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ނުފުރި، ގާތްގަނޑަކަށް 1،000 ޓޫރިސްޓުން އެބަތިއްބެވެ. މީގެތެރެ އިން ބައެއް މީހުން ވަނީ މޯލްޑިވިއަންގެ ފްލައިޓެއްގައި ގެންގޮސްފަ އެވެ.

ކޮވިޑް-19 އަށް މިއަދު އެކަނި މާލެ އިން 15 މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިހާރު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު ވަނީ 52 އަށް އަރާފަ އެވެ.