ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެއްލުންވަމުންދާތީ ފްލައިމީގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަނީ

Mar 28, 2020

ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ހީނަރުވެ، ގެއްލުން ވަމުންދާތީ ފްލައިމީގެ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށް ވިލާ އެއާ ކުންފުނިން ބުނެފި އެވެ.

ވިލާ ގްރޫޕުން ހިންގާ، ވިލާ އެއާ ކުންފުނިން ބުނީ ކޮވިޑް-19 ފެތުރުމުގެ ބިރަށް ރާއްޖެއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމާ ގުޅިގެން ދަތުރު ކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަން މަދުވެފައިވާތީ މި މަހުގެ 29 ވަނަ ދުވަހުން ފެށިގެން ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނީ ދެން އެ ކުންފުނިން ދަތުރު ކުރާނީ ހާއްސަ ރިކުއެސްޓް ތަކަށް ކަމަށާ، އެ ކަމަށްޓަކައި ކްރޫއިން ތިބޭނީ ތައްޔާރީ ހާލަތުގައި ކަމަށެވެ. އަދި އެ ކުންފުނިން އިސްކަން ދެނީ މުވައްޒަފުންނާއި ފަސިންޖަރުންގެ ރައްކާތެރި ކަމަށް ކަމަށް ބުނެފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފްލައިމީ އިން ދަތުރުތައް ހުއްޓާލިއިރު، ވިލާ ގްރޫޕުގެ ދަށުން ހިންގާ ރިސޯޓުތަކުގެ ތެރެއިން ޕެރަޑައިސް އައިލެންޑް ރިސޯޓު ނޫން އެހެން ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. އަދި ވިލާގެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ވަނީ ކުޑަ ކޮށްފަ އެވެ.