ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންގެ އާއިލީ ބައްދަލްވުން ސްކައިޕް މެދުވެރިކޮށް

ރާއްޖޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ގައިދީންގެ އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާތީ ގައިދީންގެ އާއިލީ ބައްދަލްވުން ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖައްސަން ފަށައިފި އެވެ.

އަވަސްއާ ވާހަކަދައްކަވަމުން މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ ތަރްޖަމާން އައިމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ގައިދީންގެ އާއިލީ ބައްދަލްވުންތައް ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ސާމާނު ހޯދާ، ސެޓަޕް ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މަސައްކަތް ކުރަމުންދަނީ ފެށޭ ހަފްތާގެ ތެރޭގައި ސްކައިޕް މެދުވެރިކޮށް ގައިދީންގެ އާއިލީ ބައްދަލްވުންތައް ފެށުމަށް ކަމަށް ޔުސްރީން ވިދާޅުވިއެވެ.

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމުން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި ގުޅިގެން އެ ސާވިސްގެ ބެލުމުގެ ދަށުގައިވާ ގައިދީންނަށް ދޭ އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުން މެދުކަނޑާލާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

ނަމަވެސް ކަރެކްޝަނުން ވަނީ ގައިދީންނަށް ދެމުންދާ ފޯންކޯލްތައް އިތުރުކޮށްފައެވެ.

ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. މިހާތަނަށް 11 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.