ހަބަރު

ވެއްޓިފައި އޮތް އަންހެނަކަށް ފުލުހުން އެހީ ވެއްޖެ

ގެއެއްގެ ދޮރުމައްޗަށް ވެއްޓިފައި އޮތް އަންހެނަކަށް ފުލުހުން އެހީވެދީފި އެވެ.

ފުލުހުން މިއަދު ބުނީ، ރޭ ކޯރުކެނޑި މަގުގުން ގެއެއްގެ ދޮރުމައްޗަށް އަންހެނަކު ވެއްޓިގެން އެހީތެރިކަން ފޯރުކޮށް ދީފައިވާ ކަމަށާއި އެއީ ދިވެހި އަންހެނެއް ކަމަށެވެ.

އެ އަންހެން މީހާ ވެއްޓިގެން އުޅޭ މައުލޫމާތު ފުލުހުންނަށް ލިބުމުން އެ ސަރަހައްދަށް ގޮސް ބެލި އިރު ވެއްޓިފައި އޮތް އަންހެން މީހާގެ ފޯނަށް މީހަކު ގުޅާ ކަމަށް ފުލުހުން ބުންޏެވެ. އަދި، ފޯނުން ވަހާކަ ދެއްކުމުން ވެއްޓުނު އަންހެން މީހާއަކީ ޖިންނި އަވަލެވުމުގެ މައްސަލައެއް ހުންނަ މީހެއް ކަން އެނގުނު ކަމަށެވެ. އަދި އެ މީހާ ދުވަސްވަރު އެކަމަށް ރުގްޔާ ކުރާތީ އެ މައްސަލަ ބޮޑުވާ ކަމަށް މައުލޫމާތު ލިބުން ކަމަށެވެ.

އަދި ބުނީ އެ އަންހެން މީހާ، އުޅެނީ ގޭގެ ނުވަ ވަނަ ބުރީގައި ކަމަށާއި އޭނާ ގެއާ ހަމައަށް ގެންގޮސްދިން ކަމަށެވެ.