ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހަ މަސްފަހުން ލޯނު ދައްކާއިރު ޑަބަލް އިންޓަރެސްޓް ނާރާނެ: ބީއެމްއެލް

Mar 29, 2020
2

ކޮވިޑް-19 އާ ގުޅިގެން ފަސް ކޮށްދޭ ލޯނު އަނބުރާ ދައްކާއިރު، ޑަބަލް އިންޓަރެސްޓް ނާރާނެ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަ ޖައްސައިފި އެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 އާ ގުޅިގެން ލޯނުތައް ފަސްކޮށްދީފަ އެވެ. އެއީ އަމިއްލަ ފަރުދުންނާއި ވިޔަފާރި ތަކަށް ދިމާވެފައިވައި ދަތިތަކަށް ލުޔެއް ހޯދައި ދިނުމަށް، މިހާރު ނަގާފައިވާ ލޯނުތަކުގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް އަދަދު އަނބުރާ ދެއްކުމުގެ މުއްދަތު ހަ މަސް ދުވަހަށް ފަސްކޮށް ދިނުމެވެ. ނަމަވެސް ކުރިން އޮތް ގޮތުން އިތުރަށް އިންޓަރެސްޓް އަރަ އެވެ.

އެ ބޭންކުން މިއަދު ބުނެފައިވާ ގޮތުގައި ލޯނުތައް ދައްކާއިރު އިންޓަރެސްޓް އެރިނަމަވެސް އޭގެ މައްޗަށް ކޮމްޕައުންޑް ނުވަތަ ޑަބަލްކޮށް އިންޓަރެސްޓް ނަރާނެ ކަމަށެވެ.

ބީއެމްއެލްއިން ލޯނު ފަސްކޮށްދިންއިރު، ރާއްޖޭގެ އެހެން ބޭންކްތަކުން ވެސް ލޯނު ފަސްކޮށްދޭނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.