ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮރޯނާއަށް ޓެސްޓްކުރަން 4،800 ކިޓް އެބަހުރި

ކޮވިޑް19 އަށް ޓެސްޓް ކުރުމަށް މިވަގުތު 4،800 ކިޓް އެބަހުރި ކަމަށާ ވަރަށް އަވަހަށް އިތުރު 29،500 ކިޓް ލިބޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ކޮވިޑްއަށް ޓެސްޓް ކުރުމަށް ރާއްޖޭގައި މިވަގުތު ހުރި ކިޓްތަކާއި، އަދި ކުރިއަށް އޮތްތާ ރާއްޖެއަށް ލިބޭނެ ކިޓްތަކުގެ އަދަދު މިއަދު ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ހާލަތު ހާމަކޮށްދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ މިވަގުތު ރާއްޖޭގައި ހުރީ 4،800 ކިޓް އެބަހުރި ކަމަށާ އޭގެ ތެރެއިން 1000 ކިޓަކީ ރެޕިޑް ޓެސްޓިން ކިޓްތަކެއް ކަމަށެވެ.

އަދި މިމަހުގެ 31 ވަނަ ދުވަހު 6،800 ކިޓް ރާއްޖެއަށް ގެނެވޭނެ ކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލުން ބުނެފައިވާ ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މީގެ އިތުުރުން ވަރަށް އަވަހަށް އިތުރު 29،500 ކިޓް އެހެން ގައުމުތަކުގެ އެހީތެރިކަމުގައި ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"...މިވަގުތު އަތުގައި 3800 ކިޓް އަދި ރެޕިޑް ޓެސްޓިން ކިޓްގެ 1000 ކިޓް އެބަހުރި. އަދި 31 މާޗް ވާ ދުވަހު، އައިޖީއެމްއެޗުން ރާއްޖެއަށް ގެނެވޭނެ ކަމަށް އެބަ ބުނޭ 6،800 އިތުރު ކިޓް. މީގެ އިތުރުން އެހެން ގައުމުތަކުން ރާއްޖެއަށް ލިބެން ހުރި ކިޓްތަކުގެ އަދަދު މިހާރު ވަނީ 29،500 އަށް އަރާފައި."

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު ވަނީ 17 އަށް އަރައިފަ އެވެ.

މި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދަނީ ހަތަރު މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައި ވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.