ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުރީގެ ބޭސް ސިޓީއަށް ބޭސް ދޫކުރަނީ

ދިގު މުއްދަތަށް ބޭސްނަގާ މީހުންނަށް މިދުވަސްވަރު އަލުން ޑޮކްޓަރަށް ނުދައްކައި ބޭސް ސިޓީއަށް ބޭސްނެގޭނޭ ގޮތުގެ އުސޫލު ބަދަލުވެއްޖެ އެވެ.

އާސަންދަ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ބަދަލު ގެނެސްފައި މިވަނީ ސިއްހީ ހިދުމަތްދޭ ތަންތަނަށް ބަލި މީހުން ދިޔުން ވީހާވެސް މަދު ކުރުމަށ ްކަމަށެވެ. އެގޮތުން މީހގެ ކުރިން ބޭސް ނަގާފައިވާ ބޭސް ސިޓީ އަށް އަލުން ޑޮކްޓަރަށް ނުދައްކާ ބޭސް ނެގޭނެ ކަމަށެވެ.

އާސަންދަ ސްކީމްގެ ހިދުމަތް ފޯރުކޮށްދޭ، ހޮސްޕިޓަލެއްގެ ނުވަތަ ކްލިނިކެއްގެ ތެރޭގައި ނުހިމެނޭ ހުރިހާ ފާމަސީއަކުންވެސް މިހިދުމަތް މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ލިބެން ހުންނާނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ އާސަންދަ ހިދުމަތް ފޯރުކޮށްދޭ މަރުކަޒަކުން ބޭސްސިޓީ ލިޔެދީފައިވާ ތާރީހުން ފެށިގެން ތިން މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ހިފައިގެން ފާމަސީއަށް ދިއުމުން ބޭސް ލިބޭނެ ކަމަށެވެ. އަދި
ސްކީމްގެ ހިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދީފައިވާ ބޭސްސިޓީއެއްނަމަ، ހަ މަސްދުވަސްވެފައި ނުވާ އެންމެ ފަހުގެ ބޭސްސިޓީ ފާމަސީއަށް ގެންދިއުމުން ލިބޭނެ ކަމަށްވެސް ބުނެފައިވެ އެވެ.

މިވަގުތު ހުރި ބޭސް ހުސްވުމުގެ 15 ދުވަސް ކުރިން ފާމަސީތަކަށް ބޭސްހޯދުމަށް ހުށައެޅުމުން ބޭސް ލިބޭނެ ކަމަށާއި
އަދި ހުށަހަޅާ ބޭސްސިޓީއަކީ ދިގުމުއްދަތަށް ފަރުވާކުރާ ބައްޔަކަށް ދޫކުރެވިފައިވާ ބޭސްސިޓީއަކަށްވާންޖެހޭނެ ކަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުންވެސް ބޭސްސިޓީގައި ހުންނަންވާ ހުރިހާ މައުލޫމާތުތަކެއް ފުރިހަމައަށް ހުންނަން ޖެހޭނެ ކަމަށާއި ބޭސް ނަގަން އަންނަ އިރު ބަލިމީހާގެ އައި.ޑީ.ކާޑު އަދި ބޭސްސިޓީ ގެންނަން ޖެހޭނެ ކަމަށެވެ. އަދި މިފަދަ ބޭސްސިޓީއެއްގައި ކުރިން އެހެންކަމަކަށް އެވަގުތަށް ފަރުވާ ނަގާފައިވާ އެހެނިހެން ބޭސްތައް އަލުން ދުލެއްނުކުރެވޭނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެ އެވެ.