ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވެމްކޯގެ ހިދުމަތުގެ ގަޑިތަކަށް ބަދަލުގެނެސްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ކޯލް ސެންޓަރުގެ ހިދުމަތާއި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފި އެވެ.

ވެމްކޯ އިން ބުނީ ކޮވިޑް-19 އިގެ ބަލިމަޑުކަމާއި ގުޅިގެން އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް ވެސް ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އެގޮތުން ވެމްކޯގެ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަމާއި، ކަސްޓަމަރުންނަށް ފޯރުކޮށްދެމުންދާ ކުނި ނެގުމާއި، ކުނި އެއްލާލުމުގެ ހިދުމަތަށް ބޫރޫނާރާނެ ފަދަ ގޮތަކަށް މަސައްކަތްތައް ބައްޓަންކުރުމަށްޓަކައި، ވެމްކޯގެ ކޯލް ސެންޓަރުގެ ހިދުމަތާއި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް އަންނަ މަހުގެ އެއްވަން ދުވަހުން ފެށިގެން ބަދަލު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

ވެމްކޯ އިން ބުނީ އެ ކޯޕަރޭޝަންގެ ކޯލް ސެންޓަރު ހުޅުވިފައި ހުންނާނީ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް ކަމަށެވެ. އަދި އެ ކޯޕަރޭޝަންގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ތަކުގެ ވަގުތުތަކަށްވެސް ބަދަލުތައް ވަނީ ގެނެސްފަ އެވެ.

ކޯލް ސެންޓަރާއި ވޭސްޓް ޓްރާންސްފާ ވަގުތުތަކަށް ގެނައި ބަދަލު

  • މާލެ- ހެނދުނު 08:00 އިން މެންދަމު 03:00 އަށް
  • ހުޅުމާލެ- ހެނދުނު 08:00 އިން މެންދަމު 01:30 އަށް
  • ވިލިމާލެ- ހެނދުނު 08:00 އިން މެންދަމު 00:00 އަށް
  • އައްޑޫ ސިޓީ (ގުޅިފައިވާ ރަށްތައް)- ހެނދުނު 08:00 އިން މެންދަމު 00:00 އަށް
  • އައްޑޫ ސިޓީ - ހުޅުމީދޫ- ހެނދުނު 08:00 އިން ހަވީރު 16:00 އަށް
  • ފުވައްމުލައް ސިޓީ- ހެނދުނު 08:00 އިން ރޭގަނޑު 23:00 އަށް