ހަބަރު

މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

Mar 30, 2020

މާލޭގެ ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އީވް ކްލިނިކް ގޯޅި ތެރޭގައި ހުންނަ މ. ތިރިނގަލި ނަމަކަށް ކިޔާ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަަމުގެ މަައުލޫމާތު މިރޭ 11:03 ގައި ލިބިފައިވާ ކަމަށާއި ފުލުހުން އެ ސަރަހައްދުގައި ހަަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލް ދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެ ގޭގައި ރޯވީ ފުރާޅު މަތީ ހުރި ކުނިތަކެއްގައި ކަމަށެވެ. އަދި މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.