ހަބަރު

ނާލު ބޯޓެއް ފަރަށް އަރައި ފަޅައިގެން ހިނގައްޖެ

Apr 1, 2020

އައްޑު އަތޮޅަށް ދަތުރު ކުރަމުންދިޔަ ނާލު ބޯޓެއް ފަރަށް އަރާ، އެ ބޯޓް ފަޅައިގެން ގޮސް ދިޔަވަމުންދާތީ ސިފައިންނާ ފުލުހުން އެހީވެ ދޭން ފަށައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެއެވެ.

މާލެއިން ފުރައިގެން އައްޑޫއަށް ދަތުރު ކުރަމުން ދަނިކޮށް ފަރަށް އަރާ، ފަޅައިގެންގޮސްފައި ވަނީ "އަލްމާ" ނަމަކަށްކިޔާ ބޯޓެކެވެ.

ފުލުހުންނާއި ސިފައިން ބުނީ އެ ބޯޓް ފަރަށް އަރައި ފަޅައިގެން ދިއުމާއެކު ދިޔަވަމުންދާކަން މިއަދު ހަވީރު އެނގުމާއެކު އެހީވެދޭނެ ފަށާފައިވާ ކަމަށެވެ. އެ ބޯޓްގައި ތިބީ އަށް މީހުންނެވެ. އެއީ ހަތަރު ދިވެހިންނާ، ހަތަރު ބިދޭސީންނެވެ.

ފުލުހުންނާ ސިފައިން ގެންދަނީ އެ ބޯޓްގައި ހުރި މުދާތައް ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. ބޯޓްގައި ލުއިކާނާގެ ބާވަތްތަކާ، ކާޑާއި ލަކުޑި އެވެ.