ހަބަރު

މަރަދޫއަށް އަރައި އާންމުންގެ މުދަލަށް ގެއްލުން ދިން ބަޔަކު ހައްޔަރުކޮށްފި

އައްޑު އަތޮޅު މަރަދޫއަށް އަރައި އާންމުންގެ މުދަލަށް ގެއްލުން ދިން ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ މިދިޔަ ހޯމަ ދުވަހު ބަޔަކު މަރަދޫއަށް އަރައި އާންމުންގެ މުދަލަށް ބަޔަކު ގެއްލުން ދިން ކަމުގެ މައްސަލައެއް ފުލުހަށް ރިޕޯޓް ކުރި ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި އެ އަތޮޅު ހިތަދޫގައި ތިއްބައި އެ މައްސަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ރޭ ހިނގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 22 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 20 އަހަރުގެ ދެ މީހެކެވެ.