ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކާފިއުގެ ވަގުތުގައި ވެސް ރެޑްވޭވުން ގެއަށް ޑެލިވަރީ ކޮށްދޭނެ

Apr 1, 2020

ކޮވިޑް-19 ފެތުރުމުގެ ބިރު އޮތުމާއެކު، މިއަދު ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް މާލޭގައި ބޭރަށް ނުކުމެ އުޅުން މަނާ ކާފިއުއެއް އޮތް ނަމަވެސް، ރެޑްވޭވުގެ ޑެލިވަރީގެ ހިދުމަތް ގޭގެއަށް ލިބޭނެ ކަމަށް ބުނެފި އެވެ.

ރެޑްވޭވް ކުންފުނިން ބުނި ގޮތުގައި އެ ކުންފުނިން އާއްމުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދޭން ފުރިހަމަ އަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި ބަންދު ވަގުތުތަކުގައި އެ ކުންފުނިން ރައްޔިތުންނަށް ހިދުމަތް ދޭނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ހާއްސަ ހުއްދަ ހޯދައިގެން ކަމަށް ވެސް ބުންޏެވެ.

އެ ކުންފުނިން ބުނީ ކާފިއު ހިންގާ ގަޑިތަކުގައި އާއްމު ރައްޔިތުން ގޭގައި ތިބުމަށާ، މުދަލެއް ބޭނުންވެއްޖެ ނަމަ "ރެޑްވޭވް ޑެލިވަރީ" ގެ ހިދުމަތް ހޯދަން އެދޭ ކަމަށެވެ.

"ޑެލިވަރީ ހިދުމަތް ހެނދުނު 9 އިން ރޭގަނޑު 21:30 އަށް ކުރި އަށް ދާނެ. މި ފިޔަވަޅު އަޅަނީ ކަސްޓަމަރުން ފިހާރަ އަށް ގޮސް ތޮއްޖެހުން ކުޑަ ކުރަން،" ރެޑްވޭވުން ބުނެފައިވެ އެވެ.

ރެޑްވޭވުގެ މާލޭގައި ޑެލިވަރީގެ ހިދުމަތް ދެނީ 9192299 ނަމްބަރުންނެވެ. ހުޅުމާލޭގައި މި ހިދުމަތް ދެނީ 9193399 ނަމްބަރުންނެވެ.