ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ރެޑްވޭވުން ފިޔާ، އަލުވި އަދި ބިހުގެ އަގު ހެޔޮކޮށްފި

ރެޑްވޭވްގެ ފިހާރަތަކުން ފިޔާ، އަލުވި އަދި ބިހުގެ ޝިޕްމަންޓެއް ގެނެސް ބޮޑު ތަނުން އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ރެޑްވޭވްގައި މިހާރު ރަތް ފިޔާ ކިލޯއެއް ވިއްކަނީ 15 ރުފިޔާ އަށެވެ. ހުދު އަލުވި ކިލޯއެއް 15 ރުފިޔާއަށް ވިއްކާއިރު، ހުދު ބިހެއް ވިއްކަނީ 1.5 ރުފިޔާ އަށެވެ.

އެ ކުންފުނިން ވާހަކަ ދެއްކި އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކުންފުނިން އަގު ހެޔޮކޮށް ވިއްކާއިރު، ކަސްޓަމަރުން މުދާ ގަތުމުގެ ކުރިން އަގަށް ބެލުމަށްފަހު ގަތުން މުހިންމު ކަމަށެވެ.

"އެއްޗެއް ގަތުމުގެ ކުރިން އެންމެ ފުރަތަމަ ބަލަން ޖެހޭ އަގަށް. އެންމެ އަގު ހެޔޮކޮށް ވިއްކާ ތަނެއް ބެލުމަށްފަހު ގަތުން މީގައި މުހިންމީ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ވިޔަފާރިތައް ދަށް ދުވަސް ވަރަކަށްވާތީ، މި ދުވަސްވަރު އެންމެ ބޮޑަށް ބަލަން ޖެހެނީ އަގު ހެޔޮ ފިހާރައެއް ހޯދުމަށެވެ. ބާޒާރުގައި މިހާރު އަގުތައް ހުރި ގޮތަށް ބަލާއިރު ގާތްގަނޑަކަށް 500ރ. ގެ ވިޔަފާރިއެއް ކޮށްލުމުން 100ރ. ވަރު ޖީބަށް ލުއިކަން ލިބޭހާ ތަފާތު އަގުތަކުގައި މުދާ ވިއްކަ އެވެ.