ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

އަމާނާ ތަކަފުލްގެ އަހަރީ އާއްމު ޖަލްސާ މި އަހަރު ވާޗުއަލްކޮށް!

Apr 10, 2020

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ، އަމާނާ ތަކަފުލްގެ އެނުއަލް ޖެނެރަލް މީޓިން (އޭޖީއެމް) ވާޗުއަލްކޮށް ބާއްވަން ނިންމައިފި އެވެ.

އަމާނާ ތަކަފުލް މޯލްޑިވްސް އިން ބުނި ގޮތުގައި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާ އޮންނާނީ މިމަހުގެ 24 ވަނަ ދުވަހުގެ 14:30 ގައި ކަމަށެވެ. އަދި އޭޖީއެމްގައި ރަޖިސްޓްރީވުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި އޭޖީއެމް ވެގެންދާނީ ރާއްޖޭގައި ވެސް މިގޮތަށް ވާޗުއަލްކޮށް ބާއްވާ ފުރަތަމަ އޭޖީއެމް އަށެވެ. އާއްމުކޮށް އޭޖީއެމް ތަކަކީ ހިއްސާދާރުންނާއި ބޯޑުގެ މެންބަރުން އެއް ތަނަކަށް އެއްވެއް ބާއްވާ ހަފުލާ އެކެވެ. ނަމަވެސް އަމާނާތަކަފުލްގެ އޭޖީއެމް މިފަހަރު އޮންނާނީ "ޒޫމް ކްލައުޑް މީޓިން ޕްލެޓްފޯމް" ގަ އެވެ.

އަމާނާ ތަކަފުލް ރާއްޖޭގައި ހިދުމަތް ދޭތާ 15 އަހަރު ވަނީ ވެފަ އެވެ. އަދި އެ ކުންފުންޏަކީ ރާއްޖޭގައި ފުރަތަމަ އިސްލާމިކް އިންޝުއަރެންސް ތައާރަފު ކުރި ކުންފުންޏެވެ.