ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮރޯނާވައިރަސް ވިސްލް ބްލޯވާ ޑޮކްޓަރު ގެއްލިއްޖެ

ސާސް ފަދަ ވައިރަހެއް ޗައިނާގައި ފެތުރެމުން ދާކަމުގެ އިންޒާރުދިން ފުރަތަމަ ޑޮކްޓަރުން ތެރޭ ހިމެނޭ ޑޮކްޓަރެއް ވީނުވީއެއް ނޭނގި ގެއްލިއްޖެ އެވެ. ކަމާ ބެހޭ އިދާރާތަކުން އޭނާ ހައްޔަރު ކޮށްފައިވާ ކަމުގެ ބިރު މިހާރު ހީވެފައިވާ ކަމަށް ޗައިނާގެ ބައެއް އޮންލައިން ނޫސްތަކުން ބުނެފައި ވެއެވެ.

ޑރ. އައި ފެން ވަނީ މިކަމާ ގުޅޭ ގޮތުން ވަރަށް ގިނަ ވާހަކަތައް ދައްކަވާ މީޑިއާތަކަށް އިންޓަވިއުތައް ވެސް ދެއްވާފަ އެވެ. ނަމަވެސް މިހާރު ޑޮކްޓަރުގެ އަޑެއް ބަޑެއް އެއްގޮތަކަށް ވެސް ނީވެ އެވެ. އަދި އޭނާ ވީ ތަނެއް ވެސް ނޭނގެ އެވެ.

އޮސްޓްރޭލިޔާގެ އިންވެސްޓިގޭޓިވް ޝޯ "60 މިނިޓްސް" ގައި ވާހަކަ ދައްކަވަމުން ވޫހާން ސެންޓްރަލް ހޮސްޕިޓަލުގެ ހެޑް އޮފް އިމަޖެންސީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ވިދާޅުވެފަވަނީ ޑރ. އައި އާއި އޭނާއާއެކު މަސައްކަތްކުރާ ޑޮކްޓަރުންގެ އަނގަތައް ޗައިނާގެ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ބަންދުކުރުވައި އެއްވެސް ވާހަކައެއް ނުދެއްކޭނެ ގޮތް ހަދާފައި ކަމަށެވެ.

ކޮރޯނާވައިރަސް ޖެހެން ފެށިތާ ކުރީކޮޅު ގިނަ ޑޮކްޓަރުން ތަކަކަށް މިކަމާ ބެހޭ މައުލޫމާތު ދީގެން އޭނާއަށް ވަރަށް ވަރުގަދަ އިންޒާރުތަކެއް ކަމާ ބެހޭ އިދާރާތަކުން އޮތީ ދީފަ އެވެ.

ޗައިނާގެ ޕީޕަލްސް މެގަޒިންގައި ވެސް މިކަމާ ބެހޭ ގޮތުން އައި ލިޔުނު އާޓިކަލެއް ޕަބްލިޝްކޮށްފައި ވެއެވެ. ނަމަވެސް ފަހުން ވަނީ އެ އާޓިކަލް ނަގާފަ އެވެ. އެ އާޓިކަލްގެ ނަމަކަށް ދީފައިވަނީ "ދަ ވަން ހޫ ސަޕްލައި ދަ ވިސްލް" އެވެ.
ނުވަތަ ވިސްލް ބްލޯ ކުރަން ނުވަތަ ކަށިގަނޑު ފުނމެން ކަށިގަނޑު ފޯރުކޮށްދޭ މީހާ އެވެ. އެ އާޓިކަލްގައި އައި ވަނީ އޭނާގެ މައްޗަށް ތބޭ މީހުން އޭނާ މައިތިރިކުރަން މަސައްކަތް ކުރި ގޮތާއި ބަލިމީހެއްގެ ޓެސްޓުގެ ނަތީޖާގެ ފޮޓޯއެއް ނަގައި އޭގައި "ސާސްކޮރޯނާވައިރަސް" ރަތް އަކުރުން ލިޔެ އެ ލިޔުން ދައުރުކުރުވީ ވެސް އައި އެވެ.

ވޫހާން ލޮކްޑައުން މަޑުމަޑުން ނަގަމުން އައިސް މިހާރު މީހުންނަށް މަސައްކަތަށް އެނބުރި ނުކުތުމަށް އިލްތިމާސް ކުރަމުންދާއިރު އައި ވީ ތަނެއް ނޭނގިގެން އެންމެން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެއްގޮތަކަށް ވެސް އޭނާ އަށް ވީ ގޮތެއް އެނގޭ އެއްވެސް މީހަކު ނެތެވެ.

ލޮލުގެ ޚާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ލީ ވެންލިއަންގް އަކީ ވެސް އައި ފޮޓޯ ޝެއާކުރި އަށް ޑޮކްޓަރުންގެ ތެރޭގައި ހިމެނުނު ޑޮކްޓަރެކެވެ. މިއީ ސޯޝަލް މީޑިއާގައި ދޮގު ޚަބަރު ފަތުރާ ކަމަށް ޗައިނާ ފުލުހުން ވަރަށް އިންޒާރުދިން ޑޮކްޓަރެވެ. އުމުރުން 34 އަހަރުގެ މި ޑޮކްޓަރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ކޮވިޑް-19 އިގެ ޝިކާރައަކަށްވެ މަރުވެފަ އެވެ.

މި ޑޮކްޓަރާއެކު މަސައްކަތްކުރި އިތުރު ތިން ޑޮކްޓަރަކު ވެސް މިހާރު ވަނީ މަރުވެފަ އެވެ. ކޮރޯނާވައިރަސް ޖެހި އެ ބައްޔާ ހަނގުރާމަ ކުރަމުން ދަނިކޮށެވެ.