ރިތިކް ރޯޝަން

ރިތިކްގެ ގެޔަށް ކުރީގެ އަނބިމީހާ ސުޒާން ބަދަލުވީ ކީއްވެ؟


އިންޑިއާ 21 ދުވަހަށް ބަންދު ކުރުމާ ގުޅިގެން މަޝްހޫރު އެކްޓަރު ރިތިކް ރޯޝަން އޭނާގެ ދެ ދަރިން ގޮވައިގެން ދިރިއުޅޭ ގެޔަށް ރިތިކްގެ ކުރީގެ އަނބިމީހާ އަދި ދެ ކުދިންގެ މަންމަ ސުޒާން ރޯޝަން ވަނީ ވަގުތީ ގޮތުން ބަދަލުވެފަ އެވެ.

ރިތިކް ގޭގައި ޕިއާނޯ ކުޅެން އިންދާ ނަގާފައިވާ ފޮޓޮއެއް އޭނާ ސޯޝަލް މީޑިއާގައި ޝެއާ ކުރިއިރު ސުޒާން ފޮޓޯބޮން އަޅާފައި ވެއެވެ. އެހެންވެ ރިތިކް މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވާ ގޮތުގައި އޭނާ މިއުޒިކަލް އިންސްޓްރޫމަންޓެއް ކުޅެން ދަސްކުރެވޭތޯ އުޅޭއިރު ސުޒާން އުޅެނީ ގޭގެ ޑިޒައިންގައި ހުރި ގޯސްތައް ހޯދާ ސާވޭ ކުރުމުގައި ކަމަށެވެ.

ރިތިކް މިހެން ބުނީ ސުޒާން އަކީ އިންޓީރިއާ ޑިޒައިނަރަކަށް ވާތީ އޭނާއާ ދިމާކޮށްލަން ބުނި އެއްޗެއްކަމަށް ބެލެވެ އެވެ. ރިތިކް އިންސްޓަގްރާމް ކުރި މި ޕޯސްޓަށް އެއް މިލިއަން ވިއުޒް އަށް ވުރެ ގިނައިން ލިބިފައި ވެއެވެ.

ސުޒާން ވަގުތީ ގޮތުން ނަމަވެސް ރިތިކްގެ ގެޔަށް ބަދަލުވުމުން ރިތިކް ހުރީ ވަރަށް ޖަޒުބާތީ ވެފަ އެވެ. އޭނާ ބުނެފައިވާ ގޮތުގައި ކޮރޯނާވައިރަސްގެ ސަބަބުން އިންޑިޔާ ބަންދުކޮށްފައިވާތީ ކުދިންގެ ކަންތައްތައް ކޮށްދޭން ސުޒާން އައިސް ދިނީ ކަމަށެވެ.

ސޯޝަލް މީޑިއާގައި ރިތިކް ވަނީ ސުޒާން އަށް ޝުކުރު އަދާކޮށް ވަރަށް ދިގު ލިޔުމެއް ލިޔެ ޕޯސްޓް ކޮށްފަ އެވެ.

ރިތިކް ލިޔެފައިވާ ގޮތުގައި މުޅި ގައުމު ބަންދުވެފައިވާއިރު އޭނާގެ ކުދިން އެކުދިންގެ އެންމެ ޕޭރަންޓަކާ ވެސް ނުލާ ދިރިއުޅޭތަން ދުށުމަކީ އޭނާގެ ހިތަށް ވަރަށް ތަދުވާނެ ކަމެކެވެ. އެހެންވެ އެ ކުދިންގެ މަންމަ އެ ކުދިން ކައިރިއަށް އައުމަކީ ދަރިންނަށާއި އޭނާއަށް ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.