ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މޯލްޑިވިއަންގައި ދުބާއީން މުދަލުގެ ޝިޕްމަންޓެއް

Apr 4, 2020

ކޮވިޑް-19 އާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޝެޑިއުލް ދަތުރުތައް ހުއްޓާލުމުން، ބާޒާރުން މަދުވެފައިވާ މުދަލުގެ އިތުރުން ޝިޕްމަންޓެއް ގައުމީ އެއާލައިން މޯލްޑިވިއަން އިން ދުބާއީ މަގުން ގެނެސްފި އެވެ.

މޯލްޑިވިއަން އިން ޝެޑިއުލްކޮށް މުދާ އުފުލަން މިހާރު ފަށާފައިވާ އޮޕަރޭޝަންގެ ދަށުން ރޭ ދުބާއީ އިން ގެނެސްފައިވަނީ 6،169 ކިލޯގެ ތަރުކާރީ އާއި މޭވާ އެވެ.

މޯލްޑިވިއަންގެ ޕީއާރު މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ މުދާ އުފުލުގެ ހިދުމަތް ފެށުމާއެކު ވިޔަފާރިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"މުދާ އުފުލުމުގެ ހިދުމަތަށް ރާއްޖެއިން ބޮޑު ޑިމާންޑެއް ވެސް އެބައޮތް،" ވަސީމް ވިދާޅުވި އެވެ.

މޯލްޑިވިއަންއަކީ އާއްމު ގޮތެއްގައި ފަސިންޖަރުން އުފުލާ އެއާލައިނެއް ކަމަށްވުމުން އެ ކުންފުނިން މިހާރު ދަނީ ބޯޓުގެ ގޮނޑިތައް ނައްޓާލައިގެން މުދާ އުފުލުގެ ކެޕޭސިޓީ އިތުރު ކުރަން މަސައްކަތް ކުރަމުންނެވެ.

އެ ކުންފުނިން ދާދި ފަހުން ވަނީ ސްރީލަންކާ މަގުން 10 ޓަނުގެ ތަރުކާރީ އާއި މޭވާ އަދި ރާއްޖެއިން ހުސްވެފައިވާ ބޭހުގެ ބާވަތްތައް ގެނެސްފަ އެވެ.