ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ހޯމަ އަދި ބުދަ ދުވަހު ފެންކުންފުނީގެ ހިދުމަތް ލިބޭނެ

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގެ ކަސްޓަމާ ސާވިސް ސެންޓަރު މިމަހުގެ ހަ ވަނަ ދުވަހާއި އަށް ވަނަ ދުވަހު ހުޅުވާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޑަބްލިއުއެސްސީ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުކުރުމާއި ގުޅިގެން އެ ކުންފުނިން ދެމުންދާ ބައެއް ހިދުމަތްތަށް ކަސްޓަމަރުންނަށް ފޯރު ކޮށްދިނުމަށް އަންނަ ހޯމަ ދުވަހާއި ބުދަ ދުވަހު އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރާއި ރިސެޕްޝަން ހުޅުވާނެ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މި ދެ ދުވަހު ޗެކް މެދުވެރިކޮށް ފެން ބިލްތަކަށް ފައިސާ ދައްކާ ފަރާތްތަކަށް އެ ހިދުމަތް ކަސްޓަމާ ސާވިސް ސެންޓަރުން ލިބޭނެ ކަމަށެވެ. އަދި ސިޓީ އާއި އިންވޮއިސް އަދި އެ ނޫންވެސް ލިޔެ ކިޔުންތައް ބަލައިގަތުމާއި ހުށަހަޅާފައިވާ އިންވޮއިސްތަކަށް ހަމަޖެހިފައިވާ އުސޫލުން ރިސެޕްޝަނުން ފައިސާ ދޫކުރާނެ ކަމަށެވެ.

މީގެ އިތުރުން އަތޮޅުތެރޭގައި ހުންނަ އެކުންފުނީގެ ސެންޓަރުތަކުންވެސް މި ހިދުމަތްތަށް ލިބޭނެ އެވެ،

މި ދެ ދުވަހު އެ ކުންފުނީގެ ކަސްޓަމާ ސާވިސް ސެންޓަރާއި ރިސެޕްޝަން ހުޅުވާފައި ހުންނާނީ ހެނދުނު 9:00 މެންދުރު 12:00 އަށެވެ.