ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

މަރުވި މީހުންގެ ހަނދާނުގައި މުޅި ޗައިނާއަށް ހިމޭންކަން

Apr 4, 2020
1

ބެއިޖިންގް (އޭޕްރީލް 4) - ކޮވިޑް-19 ޖެހިގެން ޗައިނާގައި މަރުވި މީހުންގެ ހަނދާނުގައި އެގައުމުގައި ތިން މިނެއްޓުގެ ސުކޫތެއް ގެނެސްފި އެވެ.

އެ ބަލީގައި ފުރާނަ ގެއްލުނު 3،300 މީހުންގެ ހަނދާނުގައި ވަނީ ތިން މިނެޓު ވަންދެން ޗައިނާގެ އެކި ކަންކޮޅުތަކުގައި، އެންމެން އެއް ވަގުތެއްގައި ސުކޫތެއް ގެނެސްފަ އެވެ.

އަދި ޗައިނާގެ ދިދަ ވަނީ ބައިދަނޑިއަށް ތިރިކޮށްފަ އެވެ.

މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލީ އެންމެ ފުރަތަމަ ފެނިފައިވަނީ، ޗައިނާގެ ހޫބެ ޕްރޮވިންސްގައި އޮންނަ ވޫހަން ސިޓީންނެވެ.

އެ ނުރައްކާތެރި ވައިރަސް މިހާރު މުޅި ދުނިޔެއަށް ބަލާއާފާތަކަށްވެ، އެ ބަލި ޖެހުނުގެ މީހުންގެ އަދަދު މިހާރު ވަނީ މިލިއަނަކަށް ވުރެ މައްޗަށް އަރައިފަ އެވެ. އަދި އޭގެ ތެރެއިން 181 ގައުމަކުން 60،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ވޫހާންގައިވެސް ޗައިނާ ގަޑިން ހެނދުނު 10:00 ގައި ހުރިހާ ޓްރެފިކް ލައިޓުތަކެއް ވަނީ ރަތްކޮށް، ދަތުރުފަތުރަށް ހުއްޓުން ގެނެސްފައިވެއެވެ.