ބަޔާން މިއުނިކް

ބަޔާނުން ފްލިކަށް ދާއިމީ އެއްބަސްވުމެއް

ނޮވެމްބަރު މަހު، ބަޔާންގެ ވަގުތީ ކޯޗް ކަމަށް ހަމަޖެއްސި ހަންޒީ ފްލިކް އާއެކު ބަޔާނުން ދާއިމީ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ބަޔާންގެ ވަގުތީ ކޯޗް ކަމަށް، ފްލިކް ހަމަޖެއްސީ އޭރު ބަޔާންގެ ކޯޗް ކަމުގައި ހުރި ކްރޮއޭޝިއާގެ ނިކޯ ކޮވާކް މަގާމުން ވަކި ކުރުމަށް ފަހު އެވެ. ކުރިން ބަޔާން އަށް ކުޅުނު ކޮވާކު ދޮޅު އަހަރަށް ފަހު އެ ޓީމުގެ ކޯޗް ކަމުން ވަކި ކުރީ، މިސީޒަންގެ ކުރީކޮޅުގައި ކުލަބުގެ ނަތީޖާތައް ރަނގަޅު ވުމުންނެވެ.

މި ސީޒަންގައި ފްލިކް މަސައްކަތް ކުރީ، ކޮވާކްގެ ކޯޗިން ޓީމުގައި، އެސިސިްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ. ކޮވާކް ވަޒީފާއިން ވަކިކޮށް ހެޑް ކޯޗްގެ މަގާމަށް ފްލިކް ޕްރަމޯޓް ކުރީ މި ސީޒަން ނިމެންދެންނެވެ. އެހެންނަމަވެސް އޭނާ އާއެކު ނަތީޖާތައް ރަނގަޅުވުމުން ބަޔާނުން ވަނީ ތިން އަހަރުގެ އެއްބަސް ވުމެއް ދީފަ އެވެ. އޭނާ އާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ގެ ޖޫން މަހު އެވެ.

ފްލިކްގެ މަސައްކަތާމެދު ބަޔާންގެ ވެރިން ހިތްހަމަ ޖެހެ އެވެ. އޭނާގެ ކޯޗް ކަމުގެ ދަށުން ކުޅުނު 21 މެޗުގެ ތެރެއިން 18 މެޗުން މޮޅުވި އެވެ.

"ބަޔާން ވަރަށް ހިތްހަމަޖެހޭ ހަންޒީ ފްލިކްގެ މަސައްކަތާމެދު،" ކުލަބުގެ ސީއީއޯ ކާލް ހެންޒް ރުމޭނިގޭ ވިދާޅުވި އެވެ. "އޭނާގެ ކޯޗް ކަމުގެ ދަށުން ޓީމުން ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ހޮދާފަ، އަދި ނަތީޖާ ނެރުމާއެކު އޭނާ ކުޅުވަނީ ވަރަށް ރީތި ގޭމެއް، (ޖަރުމަނުން) އަހަރެމެން އެކަނި ތިން މުބާރާތުގައި މިހާރުވެސް ވާދަ ކުރަނީ."