ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އެއްމާބާނޑު ދެ ކުދިންނަށް "ކޮވިޑް" އަދި "ކޮރޯނާ"

Apr 5, 2020

ކޮވިޑް-19 އިގެ ބަލާއާފާތާ ގުޅިގެން މުޅި އިންޑިއާ އެކަށް ލޮކްޑައުން ކޮށްފައިވާއިރު، އެ ގައުމުގެ ޗަޓިސްގަރު ސްޓޭޓުގައި ވިހޭ، އެއްމާބަނޑު ދެ ކުދީންނަށް ބައްޔާ ގުޅުވައިގެން ނަން ދީފި އެވެ.

މުޅި އިންޑިއާ ލޮކްޑައުން ކުރިތާ ދެ ދުވަސް ފަހުން، މާޗް 27 ގައި ރައިޕޫރުގެ ހޮސްޕިޓަލެއްގައި ވިހޭ، އެއްމާބަނޑު ދެ ކުދީންނަށް ކިޔާފައި ވަނީ "ކޮވިޑް" އަދި "ކޮރޯނާ" އެވެ.

"ވިހޭއިރު ވަރަށް އުނދަގޫތައް ކުރިމަތިވި. އެހެންވީމާ އަޅުގަނޑާއި ފިރިމީހާ ވެސް ބޭނުންވީ އެ ދުވަސް ހަނދާނުން ނުފިލާ ވަރުގެ ކަމަކަށް ހަދަން،" އަންހެން އަދި ފިރިހެން ކުއްޖާގެ 27 އަހަރުގެ މަންމަ ޕްރީތީ ވަރުމާ އިންޑިއާގެ ނޫހަކަށް ކިޔައި ދިނެވެ.

އެ ދެމަފިރިން ބުނީ، ލޮކްޑައުންއާ ގުޅިގެން ކުރިމަތިވި އުނދަގޫތައް އަބަސްދުވެސް ހަނދާނުގައި ބަހައްޓަން، އެ ދެބެއިންނަށް ވައިރަހާ ގުޅުވައިގެން ނަން ކިޔަން ބޭނުންވީ ކަމަށެވެ.

އިންޑިއާގައި އެ ބަލި ޖެހުނު މީހުންގެ އަދަދު 3،000 އާ ގާތްކުރާއިރު، އޭގެ ތެރެއިން މިހާތަނަށް 68 މީހަކު ވަނީ މަރުވެފަ އެވެ.

އެ ބަލި ފެތުރުން ހުއްޓުވުމަށްޓަކައި، ކާބޯތަކެތި ވިއްކާ ފިހާރަތަކާއި ފާމަސީތައް ފިޔަވައި، އެހެން ހުރިހާ ތަންތަން ބަންދުކޮށް، މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާ ވަނީ ލޮކްޑައުން ކޮށްފަ އެވެ.