ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ބަންދުތެރޭ އިކޮނޮމިކް މިނިސްޓްރީން ބައެއް ހިދުމަތްތައް ދޭނެ

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް އިކޮނޮމިކް މިނިސްޓްރިގެ ބައެއް ހިދުމަތްތަށް ލިބޭނެ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުކޮށްފައިވާ ދުވަސްތަކުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ހެނދުނު 9:00 އިން މެންދުރުފަހު 13:00 އަށް އެ މިނިސްޓްރީން ވިޔަފާރިތަކަށް ފޯރުކޮށްދޭ ބައެއް ހިދުމަތްތައް ފޯރުކޮށްދެމުން ދާނެ ކަމަށެވެ.

ބަންދުގައި އިކޮނޮމިކް މިނިސްޓްރީން ދޭ ހިދުމަތްތައް

  • ވިޔަފާރި ނަން ފާސްކުރުން
  • ވިޔަފާރި ނަން ރަޖިސްޓްރީކުރުން
  • އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުން
  • ކޯޕަރޭޓް ޕްރޮފައިލް ޝީޓް ދޫކުރުން
  • ކުދި އަދި މެދު ފަންތީގެ ވިޔަފާރި ގިންތިކުރުން
  • ލޯގޯ ރަޖިސްޓްރީކުރުން
  • ސީލް ރަޖިސްޓްރީކުރުން
  • ޓްރޭޑްމަރކް ރަޖިސްޓްރީކުރުން
  • ވިޔަފާރި ހަރަކާތް ރަޖިސްޓަރީކުރުން

މީގެ އިތުރުން ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 1:00 އަށް މިނިސްޓްރީގެ ލައިވް ޗެޓް މެދުވެރިކޮށް އާންމު ރައްޔިތުން ބޭނުންވާ މައުލޫމާތު ފޯރު ކޮށްދޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އިން ރައްކާތެރިިވުމަށް ސަރުކާރުން ވަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ސަރުކާރު ބަންދުކޮށްފައިވާތާ މިހާރު ތިން ހަފްތާވެއްޖެ އެވެ. އަދި މާލެސިޓީގައި ވަނީ ތިން ގަޑިއިރަށް ކާފިއު އިުލާންކޮށްފަ އެވެ.